މަސައްކަތް
ނަންބަރު: PRC-MPL/IUL/2026/53
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:19
ސުންގަޑި: 14 އޭޕްރިލް 2026 14:00
މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓް ބިލްޑިންގ 8 ވަނަ ފުލޯ އޯޕަން އޭރިޔާ މަރާމާތުކުރުމާއި، އެތަނަށް މިކުންފުނިން ބޭނުންވާ ބަދަލުތައް ގެނައުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1.  ބީލަމާއި ބެހޭ މަޢުލޫމާތު: 

ޕޯސްޓް ބިލްޑިންގ 8 ވަނަ ފުލޯ އޯޕަން އޭރިޔާ، މަރާމާތުކޮށް، ދިފައިވާ އާކިޓެކްޗަރަލް ކުރެހުމާ އެއްގޮތަށް އިމާރާތުގެ މަސައްކަތް ނިންމުމަށް ކުރަންޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާން ނަންބަރު: PRC-MPL/IUL/2026/14 (22 ޖަނަވަރީ 2026) އާއި ގުޅިގެން ލިބިފައިވާ ޕްރޮޕޯސަލްތަކާއެކު ހުށަހަޅާފައިވާ ގިނަ ޕްރޮޕޯސަލްތަކުގެ ބީއޯކިޔު އަދި ކޯޓޭޝަންގެ ޖުމްލަ އަގުގެ މައްސަލަ އުޅޭކަން ފާހަގަކުރެވިފައިވާތީ، މިދެންނެވި އިއުލާން ބާތިލްކޮށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝަޢުޤުވެރިވާ އެންމެހައި ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި ޕޯސްޓް ބިލްޑިންގއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިމަސައްކަތާއި ގުޅޭ މައުލޫމާތު ހިމެނޭ ޓަރމްސް އޮފް ރެފަރެންސް އަދި އެއާގުޅޭ ޑްރޯވިންސް މިއިއުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކާއި އެހެނިހެން މަޢުލޫމާތު "ޓީ.އޯ.އާރް" ގައި ބަޔާންކުރެވިފައި ވާނެއެވެ. 

ޕްރީ-ބިޑް މީޓިންގ:    

ތާރީޚް:

02 އޭޕްރީލް 2026     

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

 

ބިޑް ޕްރޮޕޯރސަލް ހުށަހެޅުން:

ތާރީޚް:

14 އޭޕްރީލް 2026

ނޯޓް: ޕްރޮޕޯސަލް ހުށަހަޅަން ހަމަޖެހިފައިވާ ދުވަސް ސަރުކާރު ބަންދު ދުވަހަކަށްވެއްޖެނަމަ، ޕްރޮޕޯސަލް ހުށަހަޅާނީ ދެން އެންމެ ފުރަތަމަ ސަރުކާރު ހުޅުވޭ ރަސްމީ ދުވަހުއެވެ.  

އެޑްރެސް/ތަން:

ޕޯސްޓް ބިލްޑިންގ 8ވަނަ ފަންގިފިލާ

ގަޑި:

14:00

2- ބީލަމާއި ގުޅުންހުރި މުހިންމު ބައެއް މައުލޫމާތު:

  • މި ބިޑަށް ޕްރޮޕޯސަލް ހުށަހެޅޭނީ ކަނޑައެޅިފައިވާ ވަގުތަށް ޕްރީ-ބިޑް މީޓިންގއަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަންޏެވެ. އަދި ޕްރޮޕޯސަލް ހުށަހަޅަން ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހާޒިރުވާ ފަރާތްތަކުގެ ޕްރޮޕޯސަލް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.
  • ބީލަން ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަން، ބީލަން ހުޅުވަން ކަނޑައަޅާފައިވާ ތާރީޚާއި، ގަޑި، އަދި ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • މިއިޢުލާނާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 01 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ 14:00 ގެކުރިން ތިރީގައިވާ ނަންބަރަށް ގުޅުއްވުން އެދެމެވެ.
  • 3009292 – ޕްރޮކިއުމަންޓް ޔުނިޓް
  • [email protected]
25 މާރިޗު 2026