ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ
ފޯކައިދޫ ސްކޫލްގައި 4 ކްލާސްރޫމާއި 4 ފާޚާނާ ޢިމާރާތް ކުރުމުގެ މަސައްކަތް މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.
|
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
މަޢުލޫމާތު ސާފުކުރުން |
ފޯކައިދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
24 ޑިސެންބަރު 2015 |
11.00 |
ޕްރީބިޑް ބައްދަލުވުން |
ފޯކައިދޫ ކައުންސިލްގެ އިދާރާ |
އާދީއްތަ |
27 ޑިސެންބަރު 2015 |
11.00 |
އަންދާސީހިސާބު ހުށަހެޅުން |
ފޯކައިދޫ ކައުންސިލްގެ އިދާރާ |
ބުރާސްފަތި |
31 ޑިސެންބަރު 2015 |
11.00 |
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނޯންނާނެވާހަކަ ދަންނަވަމެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަމާއި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި އަދި ކޮންޓެކްޓަރުގެ ނަންލިޔެވިފައި އޮންނަންވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި 6540048 / 7908983 ނަންބަރު ފޯނާ ގުޅުއްވުމަށް ދަންނަވަމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.
04 ރަބީޢުލްއައްވަލް 1437