ބީލަން
ނަންބަރު: (IUL)411-B/411/2026/18
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:28
ސުންގަޑި: 01 އޭޕްރިލް 2026 12:00
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. ދެއްވަދޫ ކައުންސިލްގެ ޤުރުއާން ކްލާހުގެ ޙާފިޛް ހުރުމަށް ކުއްޔަށް ހޯދުމާއި ގުޅޭ

އިޢުލާން

 

ގއ. ދެއްވަދޫ ކައުންސިލްގެ ޤުރުއާން ކްލާހުގެ ޙާފިޛް ހުރުމަށް ކުއްޔަށް ހޯދުމާއި ގުޅޭ

ކައުންސިލްގެ ޤުރުއާން ކްލާހުގެ ޙާފިޛް ހުރުމަށް ދެއްވަދޫއިން 01 (އެކެއް) އަހަރުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، މިފަދަ ތަނެއް ކުއްޔަށް ދޫކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 25 މާރިޗް 2026 ވާ ބުދަ ދުވަހުން ފެށިގެން 01 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް [email protected] އަށް ގެޒެޓް ކުރެވިފައިވާ ރަޖިސްޓްރޭޝަން ޝީޓް  ފުރިހަމަކުރެއްވުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މައުލޫމާތު ޝީޓް ދޫކުރެވޭނީ ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 06 އެޕްރީލް 2026 ވާ ހޯމަ ދުވަހުގެ މެންދުރު 13:00 ގައި މިއިދާރާގެ ކޮންފަރެންސް ހޯލްގައެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިއަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އާންދާސީ ހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

25 މާރިޗު 2026