ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)227-AD-BD/227/2026/2
ޕަބްލިޝްކުރި ތާރީޚް: 25 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:06
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިއިދާރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތްތައް ހޯދަން ކުރެވުނު އިޢުލާނާއި ގުޅޭ

އިޢުލާނު

މިއިދާރާގެ ބެލުމުގެ ދަށުގައިވާ ފަޅުރަށްތައް ވަގުތީގޮތުން ބަލަހައްޓައިދޭނެ ފަރާތްތައް ހޯދަން ކުރެވުނު ނަންބަރު (IUL)227-AD-BD/227/2025/57 (16 ޑިސެމްބަރ 2025) އިޢުލާނުގައި ވަގުތީގޮތުން ބެލެހެއްޓުމަށް ދޫކުރުމަށް ހުޅުވާލެވުނު ރަށްތަކުގެ ތެރެއިން،  ށ.ދޮންވެލިހުރާ(ތައްބޭހުރާ) އަކީ 2018 ވަނައަހަރުން ފެށިގެން ޤާނޫނު ނަންބަރު 93/4 (ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު) ގެ ދަށުން ހިމާޔަތްކުރެވިފައިވާ ސަރަހައްދެއްކަމުގައިވާ ށ.ފަރުކޮޅުގެ ބައުންޑަރީގެ ތެރެއަށް ވަންނަ ރަށަކަށްވާތީ، ށ.ދޮންވެލިހުރާ(ތައްބޭހުރާ) ވަޤުތީ ގޮތުން ބެލެއްޓުމަށް ހަވާލުކުރެވުނު ފަރާތް( މުހައްމަދު ނަޘީމް، އައްސޭރި/ށ.ފުނަދޫ)ގެ ކިބައިން އެރަށް ނެގިފައިވާތީ  އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

25 މާރިޗު 2026