ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/59
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 04 އޭޕްރިލް 2026 16:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މެނޭޖަރ - އިންޓާނަލް އޮޑިޓަރ

މަޤާމް

މެނޭޖަރ - އިންޓާނަލް އޮޑިޓަރ

މަޤާމުގެ ރޭންކް

L4 – B1 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޔުނިޓް

އިންޓާނަލް އޮޑިޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/11,000 ރުފިޔާ

ސަރވިސް އެލަވަންސް

-/4,000 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ޙާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރުދުވަހު މަސައްކަތްކޮށްފައިވުމާއެކު މެނޭޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ. 
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:

          ކޯޕަރޭޓް ގަވަރނަސްއަށް އަހުލުވެރިވުން ؛

          މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛ 

          ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން؛

          ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓްކުރުމުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވީސް މީޑިއާގެ ސްޓްރެޓެޖިކް އޮބްޖެކްޓިވްސްތަކާއި އެނުއަލް އޮޑިޓް ޕްލޭން އާއި އޮޑިޓްކުރުމަށް ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތަށް އޮޑިޓް ޕްލޭންތަކާއި އޮޑިޓް ޕްރޮގްރާމްތައް/ޕްރޮސީޖަރތައް ތައްޔާރުކުރުމުގައި އޮޑިޓް ޓީމްތަކަށް އިރުޝާދު ދިނުމާއި އޮޑިޓް ޕްލޭންތައް ރިވިއުކޮށް އިޞްލާޙުކުރުމަށްފަހު އެޕްރޫވްކުރުމަށް ހުށަހެޅުން؛
  • އޮޑިޓް ޕްލޭންތަކާ އެއްގޮތަށް އޮޑިޓްގެ މަސައްކަތް ނިންމުމަށް ބޭނުންވާ އިންތިޒާމެއްގެ ދަށުން އޮޑިޓް ޓީމްތަކާ މަސައްކަތް ހަވާލުކުރުމާއި އޮޑިޓް މަސައްކަތަށް ބޭނުންވާ ލިޔެކިއުންތަކާއި މަޢުލޫމާތު ހޯދޭނެ އިންތިޒާމް ހަމަޖައްސައި އެ މަސައްކަތް ކޯޑިނޭޓް ކުރުމާއި އޮޑިޓްގެ މަސައްކަތްތައް ކުރިއަށްގެންދަނީ އޮޑިޓް ޕްލޭންތަކާއި ކުންފުނިން ޢަމަލުކުރަން ކަނޑައަޅާފައިވާ ސްޓޭންޑަރޑްތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ކަށަވަރުކުރުމަށް ކުރަންޖެހޭ ޢަމަލީ މަސައްކަތް ކުރުން؛
  • އޮޑިޓްގެ މަސައްކަތް ކުރަމުންގެންދަނީ ކޮލިޓީ ކޮންޓްރޯލް ސްޓޭންޑަރޑްތަކާއި އެއްގޮތަށްތޯ ކަށަވަރުކުރުމަށްޓަކައި ވަރކިންގ ޕޭޕަރތަކާއި އެވިޑެންސްތަކާއި އޮޑިޓް އޮބްޒަވޭޝަންތައް ރިވިއުކޮށް އޮޑިޓް ޓީމަށް ފީޑްބެކް ދިނުމާއި އޮޑިޓް މަސައްކަތުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތް ނުވަތަ ކުންފުނީގެ މުދަލާއި ފައިސާގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއްކަމަށް ބެލެވޭ ކަމެއް ފާހަގަކުރެވޭ ހާލަތުގައި އެ ކަންކަން ޗީފް އިންޓަރނަލް އޮޑިޓަރ (ސީ.އަސި.އޭ) އާ ހިއްސާކޮށް ސީ.އައި.އޭގެ އިރުޝާދުގެ ދަށުން، ތަޙުޤީޤީ އިދާރާތަކަށް ހުށަހެޅުމަށް ބޭނުންވާނެ ހެއްކާއި ލިޔެކިޔުންތައް ހޯދާނެ ގޮތުގެ އިރުޝާދު އޮޑިޓް ޓީމަށް ދިނުމާއި އެކަށީގެންވާ މިންވަރަށް ހެކި ހޯދިފައިވާކަން ކަށަވަރުކުރުމުގެ މަސައްކަތް ކުރުން؛
  • އޮޑިޓް ރިޕޯޓް ތައްޔާރުކުރުމުގައި އޮޑިޓް ޓީމަށް ޢަމަލީ ގޮތުން އެހީތެރިކަން ދިނުމާއި އޮޑިޓްގެ ޑްރާފްޓް ރިޕޯޓު ފައިނަލްކޮށް ރިވިއުކުރުމަށް ހުށަހެޅުމާއި ސީ.އައި.އޭގެ ލަފާގެ މަތިން ޑްރާފްޓް ރިޕޯޓަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އޮޑިޓް ރިޕޯޓުތައް ކަނޑައެޅިފައިވާ ވޯރކް ޝެޑިއުލްތަކާ އެއްގޮތްވާ ގޮތުގެ މަތިން ނިންމުމުގެ މަސައްކަތް ކުރުން؛
  • އެކްސްޓަރނަލް އަދި އިންޓަރނަލް އޮޑިޓް ރިޕޯޓްތަކާ ގުޅިގެން އިޞްލާޙުކުރަން ލަފާދީފައިވާ ކަންކަން އޮޑިޓް ފޮލޯ-އަޕް މެކޭނިޒަމްގެ ތެރެއިން މޮނިޓަރކޮށް ރިޕޯޓުކުރުމުގެ މަސައްކަތް ކުރުން؛
  • އޮޑިޓްގެ މަސައްކަތްތައް ހަރުދަނާކޮށް، ސްޓޭންޑަރޑައިޒް ކުރުމުގެ ގޮތުން ސީ.އައި.އޭގެ އިރުޝާދުގެ ދަށުން ގައިޑްލައިންތަކާއި އޮޑިޓް ޕްރޮގްރާމްތަކަށް/ޕްރޮސީޖަރތައް ތަރައްޤީކުރުމާއި ގެންނަންޖެހޭ ބަދަލުތައް ދިރާސާކޮށް އަޕްޑޭޓް ކުރުމުގެ މަސައްކަތް ކުރުން؛
  • ސީ.އައި.އޭގެ އިރުޝާދުގެ ދަށުން އޮޑިޓް ޓީމަށް ބޭނުންވާ ހުނަރާއި ތަމްރީންތައް ދެނެގަތުމާއި މުވައްޒަފުންނަށް ހުނަރާއި ތަމްރީންތައް ދިނުމަށް ހިންގޭ ޕްރޮގްރާމްތަކުގައި ބައިވެރިވެ މަސައްކަތް ކުރުން؛
  • ޑިޕާޓްމަންޓުން ކަނޑައަޅާ ގޮތެއްގެ މަތިން އޮޑިޓް މެނޭޖަރގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޕަރފޯރމަންސް މޮނިޓަރކޮށް ޕަރފޯމެންސް ވަޒަންކުރުމުގެ މަސައްކަތް ކުރުން؛
  • އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތައް ދޭންޖެހޭ އެއްބާރުލުންދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 އެޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އާއި ގުޅުއްވުން އެދެމެވެ.

24 މާރިޗު 2026