ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)757/2026/04
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 02 އޭޕްރިލް 2026 13:30
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު – އެސޯސިއޭޓް ކޮމިއުނިޓީ ހެލްތް އޮފިސަރ (ޓްރެއިނީ)

މަޤާމު:

އެސޯސިއޭޓް ކޮމިއުނިޓީ ހެލްތް އޮފިސަރ (ޓްރެއިނީ)

މަޤާމުގެ ނަންބަރު:

J-383391

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (02 އަހަރު)

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 3

މަޤާމުގެ ކްލެސިފިކޭޝަން:

-

ޑިވިޝަން/ސެކްޝަން/ޔުނިޓް

ޕަބްލިކް ހެލްތް ޔުނިޓް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ނ.ކުޑަފަރީ ސިއްޙީ މަރުކަޒު / ނ.ކުޑަފަރި

މުސާރަ:

މަހަކު -/7,581ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2,274 ރުފިޔާ

އެހެނިހެން އެލަވަންސް:

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުގައި ވާގޮތުގެ މަތިން އިތުރުގަޑީގެ ފައިސާ އާއި އެހެނިހެން އިނާޔަތްތައް.
  3. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/62 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކުޑަކުދިންނާއި މާބަނޑުމީހުން އަދި މިނޫންވެސް މުޖުތަމަޢުގެ ނާޒުކު ގްރޫޕްތަކުގެ ޖިސްމާނީ، ނަފްސާނީ އަދި އިޖްތިމާޢީ ޞިއްޙަތު ކުރިއެރުވުމަށްޓަކައި ޤައުމީ ފެންވަރުގައި އެކުލަވާލާފައިވާ ސްޓްރެޓީޖިކް ޕްލޭންތަކާ އެއްގޮތަށް ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  2. މާބަނޑު މީހުން، ޅަދަރިމައިން، ކުޑަކުދިން، ފުރާވަރަށް އަރަމުން އަންނަ ކުދިން، އަދި ދުވަސްވީ މީހުންގެ ޚާއްޞަ ޞިއްޙީ ހާލަތްތަކާބެހޭ ގޮތުން އެމީހުންނާއި އެމީހުންގެ ޢާއިލާތަކާއި އެމީހުން ބަލަހައްޓާ އެހީތެރިވެދޭ މީހުންނަށް މަޢުލޫމާތު ދީ ޞިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރި ކުރުވުމުމަށް ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.
  3. ފައިދާހުރި ކާނާއާއި، ސާފުތާހިރުކަމާއި، ވެކްސިންދިނުމާއި، ރައްކާތެރި މައިވަންތަކަމާއި ޢާއިލާރޭވުމާއި، އާންމު ބަލިތަކުން ރައްކާތެރިވުމާއި، ވިހަވުމުން ރައްކާތެރިވުމާ ބެހޭގޮތުންނާއި އާންމުބަލިތަކަށް ފަރުވާ  ކުރުމާއި ފުރަތަމަ އެހީ ދިނުމާއި، މަސްތުވާތަކެއްޗާއި، ގެވެށި އަނިޔާތަކާބެހޭ ގޮތުންނާއި، ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެން ޖެހޭ ބަލިތަކުން ރައްކާތެރިވުމާއި، އެހެން ޞިއްޙީ ކަންކަމާބެހޭގޮތުން އާންމުންނާއި އާއިލާތަކަށް މައުލޫމާތު ދީ ސިއްޙަތު ރައްކާތެރިކުރުމަށް ހޭލުންތެރިކުރުވުމުގެ މަސައްކަތުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. ދިރޭތަކެއްޗާއި ކެމިކަލާއި ރޭޑިއޭޝަން ފަދަ ތަކެތިން އާންމު ޞިއްޙަތަށް ނުރައްކާވާ ކަންތައްތައް ދެނެގަނެ ކަމާގުޅޭ އިދާރާތަކާ ގުޅިގެން އެކަންކަން ކޮންޓްރޯލް ކުރުމުގެ މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  5. މާބަނޑުމީހުންނާއި ތުއްތުކުދިންގެ ޞިއްޙީ ހާލަތު ބަދަލުވަމުން އަންނަގޮތް ބަލަމުން ގެންދިއުމަށް ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތް ނުކުރާ މީހުންނަށް ޒިޔާރަތްކޮށް އެކަންކަން ބަލައި އެމީހުންނަށް ޚިދުމަތްތައް ފޯރުކޮށްދީ، އެމީހުން ދިރިއުޅޭ މާހައުލުގެ ސާފުތާހިރުކަން ބެލުމުގެ މަސައްކަތްތަކުގައި އެހީތެރިވުން.
  6. ޓީބީ، ލެޕްރެސީ، މެލޭރިއާ ފަދަ އާންމު ޞިއްޙަތަށް ނުރައްކާވާ ބަލިތައް ކޮންޓްރޯލްކުރުމަށް ހިންގާ ޕްރޮގްރާމްތަކުގެ ބަލިމީހުންނަށް ޒިޔާރަތްކޮށް ބޭސްދީ އެބޭސް ބޭނުންކުރުމާބެހޭގޮތުން ޢާއިލާއާއި މުޖުތަމަޢުގެ މީހުންނަށް އިރުޝާދުދީ އެކަންކަން ބެލެހެއްޓުމުގެ މަސައްކަތް ކުރުމުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  7. ޞިއްހީ ޚިދުމަތްދޭ ތަންތަނަށް އާންމުކޮށް ޒިޔާރަތް ނުކުރާ މުޖުތަމަޢުގެ އެކި ގްރޫޕްތަކާ ބައްދަލުކޮށް އެޗް.އައި.ވީ އާއި އެހެނިހެން ގައިންގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށާއި ބަލިތައް ކޮންޓްރޯލް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުން ހިންގާ ހޭލުންތެރިކުރުމުގެ މަސައްކަތްތަކާގުޅޭ އިދާރީ މަސައްކަތްތައް ކުރުން.
  8. ހޮޓާ، ރެސްޓޯރަންޓް، ކެފޭ އަދި ކާބޯތަކެތި ވިއްކާ ތަންތަނާއި އޮޑިދޯނިފަހަރު ބަލައި ޗެކްކޮށް އަޅަންޖެހޭ ފިޔަވަޅު އެޅުމުގައި މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.
  9. އިންޓަރނޭޝަނަލް ހެލްތް ރެގިޔުލޭޝަނާއި ބައިނަލްއަޤްވާމީ ޞިއްޙަތާ ގުޅޭ ހަމަތަކާއި އުސޫލުތަކާއި އާންމު ޞިއްޙަތުގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކުގެ ދަށުން ކުރަންޖެހޭ އާންމު ޞިއްޙަތު ރައްކާތެރި ކުރުމާގުޅޭ މަސައްކަތްތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުތު،

ގުޅޭ ވަޒީފާގެދާއިރާތައް

 

ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 'ސައިންސް'  ގެ 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނެތް

 

ޕްރިފަރޑް ޑިސިޕްލިން ތައް:

ނެތް 

 

ކޯ ޑިސިޕްލިން ތައް:

ނެތް

މި މަޤާމުގެ ވަޒީފާގެ/މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން
  • ޕަބްލިކް ހެލްތް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މަރުކަޒުގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ  ޝަރުތު ހަމަވުން

30%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5%

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5%

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25%

އިންޓަރވިއު

35%

ނޯޓް: މަޤާމަށް އައްޔަންކުރުމަށް ވަޒީފާއަށް އެދިފައިވާ ފަރާތަށް A2 ޝީޓުން މުޅިއެކު ޖުމުލަ 60 ނުވަތަ އެއަށް ވުރެ މަތިން ޕޮއިންޓު ލިބެންވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 02 އޭޕްރިލް 2026 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ނ.ކުޑަފަރީ ސިއްޙީ މަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. (އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާފަރާތްތަކުން އީމެއިލް މި މަރުކަޒަށް ލިބުނުކަން ޔަގީންކުރެއްވުން އެދެމެވެ.)

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ނޯޓް: އެޕްލިކޭޝަން ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަން ޖެއްސެވުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓު ކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއުއަދި އިމްތިޙާން އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 06 އޭޕްރީލް އާއި 30 އޭޕްރީލް 2026 އާ ދެމެދު، ނ.ކުޑަފަރީ ސިއްޙީ މަރުކަޒުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް ނ.ކުޑަފަރީ ސިއްޙީ މަރުކަޒަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560609 އަށެވެ. އީ- މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

24 މާރިޗު 2026