ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2026/57
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 04 އޭޕްރިލް 2026 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް އޮޑިޓް އޮފިސަރ

މަޤާމް

އެސިސްޓެންޓް އޮޑިޓް އޮފިސަރ

މަޤާމުގެ ރޭންކް

L9 – F1 (T)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޔުނިޓް

އިންޓަރނަލް އޮޑިޓް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު

އަސާސީ މުސާރަ

-/6,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500  ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިހާނުން ދަށްވެގެން 2 މާއްދާއިން ޑީ ފާސް ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ. 
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:

          ކޯޕަރޭޓް ގަވަރނަސްއަށް އަހުލުވެރިވުން ؛

          މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛ 

          ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން؛

          ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓްކުރުމުގެ ތަޖުރިބާ ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އިންޓަރނަލް އޮޑިޓް ޕްލޭން ތައްޔާރުކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ގޮތުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން؛
  • އޮޑިޓްގެ އަމަލީ މަސައްކަތުގެ (ފީލްޑް ވާރކް) ތެރެއިން ހަވާލުކުރެވޭ ބައިތައް ކޮށް ނިންމުން. އަދި އެމަސައްކަތް ގަޑިއަށް ނިންމުން؛
  • އޮޑިޓްގައި ކުރެވޭ މަސައްކަތުގެ މައްޗަށް ބިނާކޮށް މަސައްކަތުގެ ޚުލާސާއެއް އެކުލަވާލުން؛
  • އޮޑިޓް ޕްލޭނާ އެއްގޮތަށް ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން؛
  • އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތު ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުންނާއި ޗެނަލްތަކުން ހޯދުން؛
  • އޮޑިޓްގެ މަސައްކަތް ކުރިއަށްދާ މިންވަރުބަލައި، މަސައްކަތަށް ހޭދަވާ ވަގުތުބަލައި، އެވަގުތަށް ފާސްކޮށްފައިވާ އޮޑިޓް ޕްލޭންގައި ހިމެނޭ ވަގުތުތަކާ އަޅާކިޔުން. އަދި ހަވާލުކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދިމާވާ ދަތިތައް، އެކަމެއް ދިމާވުމާއެކު އޮޑިޓް ސުޕަވައިޒަރުގެ ސަމާލުކަމަށް ގެނައުން؛
  • އޮޑިޓް ރިޕޯރޓުގައި ހިމަނާފައިވާ މައްސަލަތަކާގުޅޭ ލިޔެކިއުންތައް، އެމައްސަލަތަކަށް ބާރު ލިއްބައިދޭ މިންވަރަށާއި އެއްވެސް އޮޅުމެއްނާރާނެ މިންވަރަށް އެކުލަވާލުން؛
  • ހޯދުންތަކާއި ނިންމުންތަކާއި، އަދި ޢަމަލީގޮތުން ތަންފީޒުކުރެވޭނެ ރިކޮމެންޑޭޝަންތައް ހިމެނޭގޮތަށް އޮޑިޓް ރިޕޯޓް ޑްރާފްޓްކުރުން؛
  • އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތަށް ދޭންޖެހޭ އެއްބާރުލުން ދިނުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

( އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ. )

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 04 އެޕްރީލް 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އާއި ގުޅުއްވުން އެދެމެވެ.

24 މާރިޗު 2026