މަސައްކަތް
ނަންބަރު: 153-FSC/2015/03
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 23 ޑިސެންބަރު 2015 14:00
ފެކަލްޓީ އޮފް ސައިންސް
ދިވެހިރާއްޖެ
މަސައްކަތް ކޮށްދެއްވާނެ ފަރާތެއް ބޭނުންވެގެން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/ފެކަލްޓީ އޮފް ސައިންސްގެ މުވައްޒަފުންގެ ފާޚާނާގެ ސީލިންގު އާކުރުމާއި އަދި ކްލާސްރޫމް (Q2-10) ގައި ޕްރޮޖެކްޓަރ ސްކްރީނަކާއި އަދި ވައިޓްބޯޑެއް ހަރުކުރުމުގެ މަސައްކަތް، އަމިއްލަ ތަކެތީގައި ކޮށްދެއްވާނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 23 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 14:00 އަށް ފެކަލްޓީ އޮފް ސައިންސް (ހ.ސޯސަންގެ، 3 ވަނަފަންގިފިލާ، ސޯސަންމަގު) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ.

އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 24 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި ހ.ސޯސަންގެ، 3 ވަނަފަންގިފިލާގައި ހުންނަ ފެކަލްޓީ އޮފް ސައިންސްގެ އޮފީހުގައެވެ.

4 ރަބީޢުލްއައްވަލް 1437

15 ޑިސެންބަރު 2015