މަސައްކަތް
ނަންބަރު: GS40/2015/31
ޕަބްލިޝްކުރި ތާރީޚް: 15 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 21 ޑިސެންބަރު 2015 11:00
އއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
04 ފާޚާނާގެ ފާޚާނާ ބްލޮކެއް އަލަށް އިމާރާތް ކުރުމާގުޅޭ

މި މަރުކަޒުގެ 04 ފާޚާނާގެ ފާޚާނާ ބްލޮކެއް ހެދުމަށް ކުރި އިޢުލާން ނަންބަރު GS40/2015/21 އާ ގުޅިގެން ހުށަހެޅި އަގުތައް ބޮޑުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލުކޮށް އިޢުލާންކުރީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހުގެ 11:00އަށް މި މަރުކަޒަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 11:00އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުން އަންދާސީހިސާބު ހުށަނޭޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

15 ޑިސެންބަރު 2015