ނީލަން
ނަންބަރު: (IUL)222-A/222/2026/3
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 01 އޭޕްރިލް 2026 00:00
ނޭޝަނަލް ސެންޓަރ ފޮރ ކަލްޗަރަލް ހެރިޓޭޖް
ދިވެހިރާއްޖެ
ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ހުރި ބާ ތަކެތި ނީލަމުގައި ވިއްކުން

މި މަރުކަޒުގެ ދަށުން ހއ. އުތީމުގައި ހިންގަމުންދާ ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި ހުރި ބާވެ ހަލާކުވެފައިވާ ބައެއް ތަކެތި ދުވަހު ނީލަމުގެ އުޞޫލުން ނީލަން ކިޔުން ހއ.އުތީމު ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒުގައި 2026 އޭޕްރީލް 1ވާ ބުދަ ދުވަހުގެ ހެނދުނު 10:00ގައި އޮންނާނެއެވެ. މި ތަކެތި ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކުން، 2026 މާރިޗު 31ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00އަށް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު/ހއ.އުތީމަށް ޙާޟިރުވެ ވަޑައިގެންނެވުން އެދެމެވެ. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަކެތީގެ މަޢުލޫމާތާއި، ނީލަން ފެށޭ އަގު، މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިއްޕަވައިގެން، 2026 އޭޕްރީލް 1ވާ ބުދަ ދުވަހުގެ ހެނދުނު 10:00އަށް ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒު/ހއ.އުތީމަށް ޙާޟިރުވެވަޑައިގެން، ނީލަމުގައި ބައިވެރިވެވަޑައިގެންނެވުން އެދެމެވެ.

ނީލަން ކާމިޔާބު ކުރައްވާ ފަރާތްތަކުން، ސަރުކާރު ބަންދު ނޫން 3 ދުވަހުގެ ތެރޭގައި، ނީލަން ކިޔުނު ތަކެތީގެ ފައިސާ މިނިސްޓްރީ އޮފް ފިނޭންސް ގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv މެދުވެރިކޮށް ދެއްކެވުމަށްފަހު ސަރުކާރު ބަންދު ނޫން 5 ދުވަހުގެ ތެރޭގައި ތަކެތި ގެންދަވަން ވާނެއެވެ.  މި މުއްދަތުގެ ތެރޭގައި ނުގެންދަވާ ހުރި ތަކެތި އަލުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި ނީލަން ކާމިޔާބު ކުރެއްވުމަށްފަހު އެތަކެތި ނުގެންދަވާ ފަރާތްތަކަށް މި އޮފީހުން  ބާއްވާ ނީލަންތަކުގައި ދެން ބައިވެރިވެ ވަޑައިގެންނެވޭނީ 3 މަސް ދުވަސް ފަހުން ކަމުގައި ދެންނެވީމެވެ.

 

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

 

24 މާރިޗު 2026