ވަޒީފާގެ ފުރުޞަތު
ނަންބަރު: 618-A/2026/01
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:15
ސުންގަޑި: 05 އޭޕްރިލް 2026 13:30
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ހައުސްކީޕަރު ( ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓު )

ވަޒީފާގެ ފުރުޞަތު

ތާރީޚް:

24 މާރިޗު 2026

މަޤާމުގެ ކްލެސިފިކޭޝަން

ޖުޑީޝަލް ސަޕޯރޓްވޯކާރސް

މަޤާމް:

ހައުސްކީޕަރު

މަޤާމުގެ ރޭންކް:

ޕަބްލިކް ސާރވިސް ރޭންކް:1

ޢަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަސައްކަތްކުރަންޖެހޭ ތަން:

ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓް

މުސާރަ:

7700.00 ރުފިޔާ

އެހެނިހެން އެލަވަންސް:

  • މަޤާމުގެ އެލަވަންސް: 2310.00 (ދެހާސް ތިންސަތޭކަ ދިހަރުފިޔާ)
  • ޙާޟިރީ ޢިނާޔަތް 60.00 (ފަސްދޮޅަސްރުފިޔާ) (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)
  • ކޮންޓިނިއުޓީ އެލަވަންސް:  120.00 އެއްސަތޭކަ ވިހިރުފިޔާ) (ހަމަޖެހިފައިވާ އުޞޫލުން)
  • އިތުރު ގަޑީގެ ފައިސާ ( ހަމަޖެހިފައިވާ އުޞޫލުން)
  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް

1- ރަސްމީ ކޮންމެ ދުވަހަކު ކޯޓަށް ޙާޟިރުވުމާއެކު ކޯޓުގެ ޢިމާރާތުގެ އެތެރެ ކުނިކަހައި ސާފުކޮށް، މޮޕުލައި ފާޚާނާތައް ހަނޑިނުވާނޭހެން ސާފްކޮށް ބެލެހެއްޓުން.

2- މުވައްޒަފުންގެ ފަރުނީޗަރާއި، ކޮމްޕިއުޓަރާއި ޕްރިންޓަރު ފަދަ އިލެކްޓްރޯނިކް ވަސީލަތްތަކުގެ ހިރަފުސް ފޮޅައި، ސާފުކޮށް ބެލެހެއްޓުން.

3- ކޯޓުން އެކިއެކި ފަރާތްތަކަށް ފޮނުވާ ލިޔެކިޔުންތަކާއި އަމުރުތައް އެފަރާތްތަކަށް ރައްދުކުރުން.

4- ކޯޓުގެ ގޯތިތެރެއާއި ކޯޓު ވަށައިގެންވާ މަގުތައް ކޮންމެ ދުވަހަކު ކުނިކަހައި، ވިނަ ނޮޅާ ސާފުކުރުމާއި، ކުނިއުކާލުން.

5- ކޯޓުގެ ޢިމާރާތްތަކުގެ ފުރާޅާއި ދިޔަދޮވި ހަޑިވިޔަނުދީ ސާފުކޮށް ބެލެހެއްޓުން

6- ކޯޓުގެ ގޯތިތެރޭގައި ގަސްހައްދައި، ސާފުކޮށް ގަސްތަކަށް ފެންދީ ބެލެހެއްޓުން.

7- ކޯޓުގެ ހިފާގެންގުޅޭ ތަކެއްޗާއި، ދޮރާއި ދޮރުފަތްތަކާއި ފެންލައިޓްތަކާއި، ސީސީޓީވީ ކެމެރާ އާއި، ފާރުތަކާއި ސީލިންގްތަކާއި ފަންކާތަކާއި، އެއަރކޮންޑިޝަން ފަދަ ތަކެތި ސާފުކޮށް ބެލެހެއްޓުން.

8- ކޯޓުން މާލެ ނުވަތަ އެހެން ރަށަކަށް ފޮނުވާތަކެތި، ބަނދަރަށް ގެންގޮސް ދޯންޏަށް ނުވަތަ ލޯންޗަށް އެރުވުމާއި، މާލެއިން ނުވަތަ އެހެން ރަށަކުން ކޯޓަށް ފޮނުވާތަކެތި، ދޯނިން ނުވަތަ ލޯންޗުން ނަގައިގެން ކޯޓަށް ގެނައުން.

9- ކޯޓަށް ގަންނަންޖެހޭ ތަކެތި ގަނެދިނުމުގެ މަސައްކަތް ކުރުން.

10- ހައުސްކީޕަރުގެ މަޤާމަށްވުރެ މަތީ މަޤާމުތަކުގެ ކޯޓުގެ މުވައްޒަފުން ޙަވާލުކުރާ ކޯޓާ ގުޅުންހުރި އެންމެހާ މަސައްކަތްތައް ކުރުން.

އަސާސީ ޝަރުޠު

-  މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު /ޤާބިލުކަން ޘާބިތުކޮށްދިނުމާއެކު، ލިޔަންކިޔަން އެނގުން.

( ލިޔަންކިޔަން އެނގޭ ކަމަށްބާލާނީ ގްރޭޑް 5 ނިންމިކަމުގެ ލިޔުން ނުވަތަ ލިޔަންކިޔަން އެނގޭ ކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންނެވެ. ނުވަތަ ލިޔަންކިޔަން އެނގޭތޯ ބެލުމަށް މި ކޯޓުން ޓެސްޓެއް ދީގެންނެވެ. ނުވަތަ،

-  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖްރިބާ ލިބިފައިވުން.

 

މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގުތައް:

މި މަޤާމަކީ ވަކި ޚާއްޞަ ތަޢުލީމީ ރޮނގެއް ކަނޑައެޅިފައި ނުވާ މަޤާމެކެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

މި މަޤާމަކީ މަޤާމުގެ މަސައްކަތުގެ ވަކި ދާއިރާއެއް ކަނޑައެޅިފައި ނުވާ މަޤާމެކެވެ.

އެހެނިހެން ޝަރުޠުތައް

1- ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން.

2- ވަޒީފާއަށް ޢައްޔަންކުރެވޭކޯޓުގެ(ނުވަތަ އިދާރާގެ)މުވައްޒަފެއްގެ ނުވަތަ ފަނޑިޔާރެއްގެ ގާތްތިމާގެ މީހެއްކަމުގައިނުވުން.

2.1 ކާފަ ނުވަތަ މާމަ(  ދޮންކާފައާއި، ދޮންމާމަ ހިމެނޭގޮތަށް)؛

2.2 މަންމަ ނުވަތަ ބައްޕަ (ދޮންމަންމައާއި ދޮންބައްޕަ ހިމެނޭގޮތަށް) ނުވަތަ،

2.3 ދައްތަ ނުވަތަ ބޭބެ ( އެއްބަނޑު އެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ މީހުންނާއި، ދޮންމަންމަ ނުވަތަ ދޮންބައްޕަގެ ދަރިން)؛

2.4 އަނބިމީހާ ނުވަތަ ފިރިމީހާ؛

2.5 ދަރިން ( ކާފަދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

ހުށަހަޅަންޖެހޭ ތަކެތި:

1- ފުރިހަމަ ކޮށްފައިވާ،ޝަރުޢީ ދާއިރާގެ ވަޒީފާ އަށް އެދޭ ފޯމް (މިފޯމް ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4- ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6-     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ރ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ހައުސްކީޕަރުގެ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާ އާއި މަސައްކަތަށް ބޭނުންވާ ހުނަރާއި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަށާއި ޤާބިލްކަން ކަށަވަރުކުރުމަށް ކުރެވޭ އިންޓަރވިއުއަށް ބަލައެވެ. މިގޮތުން މިބައިތަކަށް ކަނޑައެޅިފައިވަނީ:

-  އަސާސީ ޝަރުޠު ފުރިހަމަވުން                    50 އިންސައްތަ

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތައްލީމު       5 އިންސައްތަ

-  އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖްރިބާ       5 އިންސައްތަ

-  އިންޓަރވިއު                                40 އިންސައްތަ

-  ޖުމުލަ                                    100 އިންސައްތަ

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2026 އޭޕްރީލް 5 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން، ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި، އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ދުވަސް އިތުރުކުމަށްފަހު ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓުލިސްޓްކުރުން

  މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 2026 އޭޕްރީލް 9 ން 2026 16 އޭޕްރީލް އާ ދެމެދު، ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް(A2ޝީޓު) " ޢާންމުކުރުން

ސްކްރީނިންގ ޕްރޮސެސް ނިމުމުން "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)"  އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސްބޯޑުގައި އާންމުކުރުމާއެކު އިންޓަރވިއުގެ ބައިވެރިންނާ ޙިއްޞާ ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

އިތުރު މަޢްލޫމާތު

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން ފުރުއްވަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަން އެދޭ ފޯރމް ވ.ތިނަދޫ މެޖިސްޓްރޭޓްކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ  ވެބްސައިޓް www.judiciary.gov.mv   އިން ލިބެން ހުންނާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ/6701018 އަށެވެ. އީ-މެއިލް ކުރައްވާނީ [email protected]   އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ ނުވަތަ ވަކިވަކިން ޑޮކިއުމެންޓް ފޮނުވާނަމަ އެއް މެއިލްގައި ޑޮކިއުމެންޓްތައް އެޓޭޗްކޮށް ފޮނުވުމަށް ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެނައުމަށް ދެންނެވީމެވެ.

މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތިރާޒް ނުކުރާނަމައެވެ.

  • މި އިޢްލާނަކީ މި ކޯޓުގެ ހައުސްކީޕަރުގެ މަޤާމް 6 ފެބުރުވަރީ 2026 ގައި ހުސްވުމާގުޅިގެން އެ މަޤާމަށް މީހަކު ހޯދުމަށް ކުރާ އިޢްލާނެކެވެ.
24 މާރިޗު 2026