ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)352/352/2026/23
ޕަބްލިޝްކުރި ތާރީޚް: 24 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:24
ސުންގަޑި: 31 މާރިޗު 2026 00:00
އަރިއަތޮޅު ދެކުނުބުރީ ދަނގެތީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގުޅޭ:

އިޢުލާން

ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ގުޅޭ:

އދ.ދަނގެތީގައި ވަގުތީ ގޮތުން ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ދޫކުރުމަށް މިކައުންސިލްގެ ނަމްބަރ (IUL)352/352/2026/12 (11 ފެބްރުއަރީ 2026) އިން ހުޅުވާލެވުނު ފުރުޞަތުގައި ފޯމު ހުށަހަޅައި ބިން ކާމިޔާބު ކުރި ފަރާތްތަކަށް ބިން ޙަވާލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ދަތީ، އުޞޫލާއި ޚިލާފަށް މިހާރު ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ހުރިހާ ފަރާތްތަކުން އެކަން ހުއްޓާލުމަށް ދަންނަވަމަވެ.

އެގޮތުން، މިހާރު ބިން ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކުގައި ހުރި އެކިފަރާތްތަކުގެ ތަކެތި 31 މާރިޗް 2026 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ނަގައި އެސަރަޙައްދު ސާފުކުރުމަށް ދަންނަވަމަވެ. މިމުއްދަތުގެ ފަހުން އެސަރަހައްދު ތަކުގައި ނުނަގައި ހުރި ތަކެއްޗަކީ ދޫކޮށްލާފައި ހުރި ތަކެތި ކަމަށް ބަލައި، މިތަކެތި ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެވޭނެއެވެ. ނުވަތަ ގާޑިޔަ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ބިން ޙަވާލުކުރާ ފަރާތަކަށް އެބިމުގައި ހުރި ތަކެއްޗާއިއެކު ބިން ޙަވާލުކޮށް ނިންމޭނެ ވާހަކަ ދަންނަވަމަވެ.

އަދި ދަންނަވަމެވެ. ދީފައިވާ މުއްދަތުގެ ފަހުން އެސަރަޙައްދުގައި ހުރި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ވާހަކަ ވެސް ދަންނަވަމަވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

05 ޝައްވާލް 1447ހ                                              

24 މާރިޗް 2026މ

24 މާރިޗު 2026