ދިވެހިރާއްޖެ
ބިއްލޫރިޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
މިއޮތޯރިޓީން ބިއްލޫރިޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން ކުރި IUL)179-3.2/1/2015/31)ފ(23 ނޮވެންބަރު 2015) އިޢުލާނަށް އެކަށީގެންވާ ޕްރޮޕޯޒަލް ލިބިފައިނުވާތީ އެ އިޢުލާނު ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.
މިއޮތޯރިޓީ ހިނގަމުންދާ އެމް.ޓީ.ސީ.ސީ ޓަވަރުގެ 4 ވަނަ ފަންގިފިލާގައި މިހާރުހުރި ޕްލައިވުޑް ޕާޓިޝަންތައް ނެއްޓުމަށްފަހު (އޮތޯރިޓީން ދައްކާ ނަމޫނާއާ އެއްގޮތަށް) ބިއްލޫރިޕާޓިޝަން ޖަހައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހުގެ 14:30 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ނޯޓް: މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ދުވަހު ޕާޓިޝަންތަކުގެ މިންނެގުމުގެ އިންތިޒާމު ހަމަޖައްސަވައިދެވޭނެއެވެ.
އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނީ ހަމައެކަނި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.
އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިއޮތޯރިޓީގެ ނަންބަރު 3014105 ނުވަތަ 3014119 ފޯނަށް ގުޅުއްވުން އެދެމެވެ.
04 ރަބީޢުލްއައްވަލް 1437