|
މަޤާމުގެ ރޭންކް:
|
އީ.އެކްސް 4
|
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް، މާލެ، ދިވެހިރާއްޖެ.
|
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް އެފެއާޒް
|
|
ފެންވަރު ނުވަތަ ޝަރުޠު:
|
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.
ނުވަތަ،
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.
ނުވަތަ،
- މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 12 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވުން.
|
|
މައިގަނޑު މަސްއޫލިއްޔަތު:
|
- ކޯޕަރޭޓް ސަރވިސް ޑިޕާޓްމަންޓްގެ އެންމެހާ މަސައްކަތްތައް ރާވައި ހިންގައި މޮނިޓަރ ކުރުން.
- ޑިޕާޓްމަންޓްގެ މަސައްކަތްތައް ހިނގަމުންދާގޮތް ބެލުމާއި، ލަފާދިނުމާއި، މަސައްކަތް ކުރެވޭނެ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމާއި، ނިންމަންޖެހޭ ކަންތައްތައް ވެރިންގެ މަޝްވަރާގެ މަތިން ނިންމުން.
- އޮފީހުގައި އެލުލަވާލެވިފައިވާ ކޮމިޓީތަކުގެ މަސައްކަތްތައް ޤަވައިދުން ކުރިޔަށްދާކަމާއި ކޮމިޓީތަކުން ކުރަންޖެހޭ މަސައްކަތްތައް އެކަށީގެންވާ އަވަސް މިނެއްގައި ކުރިޔަށްދާކަން ކަށަވަރުކުރުން.
- އޮފީހުގެ ސިޔާސަތުތައް އެކަށައެޅުމުގައްޔާއި، ސިޔާސަތުތައް ތަންފީޒުކުރުމުގައި ބައިވެރިވެ ނަތީޖާ ޙާޞިލްކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
- އޮފީހުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް އެކުލަވާލައި ފޮނުވަންޖެހޭ މުއްދަތުގެ ތެރޭގައި ފޮނުވޭނެ އިންތިޒާމް ހަމަޖެއްސުން
- އިދާރާގެ ބަޖެޓާ ގުޅޭ އެންމެހާ މަސައްކަތްތައް ސަރުކާރުގެ މުދަލާއި ފައިސާއާއި ބެހޭގޮތުން ކަނޑައަޅާފައިވާ ޤަވާއިދުތަކާ އުޞޫލުތަކާ އެއްގޮތަށް ރޭވުމާއި، ކަމާބެހޭ ޤާނޫނުތަކާއި ޤަވާއިދުތަކާއި އުޞޫލުތަކާއި އެއްގޮތަށް ކުރަންޖެހޭ އެންމެހައި ޚަރަދުތައް ރާވައި ބެލެހެއްޓޭކަން ކަށަވަރު ކުރުން.
- އޮފީހުގެ އަހަރީ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރުން.
- އޮފީހުގެ މާލީ ޒިންމާދާރުވެރިޔާގެ މަސްޢޫލިއްޔަތު އަދާކުރުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރު ބެލުމުގެ މަސައްކަތްތައް، ކަނޑައެޅިފައިވާ މަސައްކަތު ފެންވަރު ބެލުމުގެ އުޞޫލާ އެއްގޮތަށް ކުރުން.
- މުވައްޒަފުންގެ މަސައްކަތް ހަލުއިކޮށް ދާއިރާގެ ކުރިއެރުމަށާއި މުވައްޒަފުންގެ ކުރިއެރުމަށް ބޭނުންވާނެ ތަމްރީނުތައް ދެނެގަނެ އެފަދަ ފުރުޞަތުތައް ހަމަޖެހިފައިވާ ޤަވާއިދުގެ ތެރެއިން މުވައްޒަފުންނަށް ހޯދައިދިނުމަށް މަސައްކަތްކުރަމުން ގެންދިޔުން.
- އޮފީހުގެ މެންޑޭޓް ފުރިހަމަކުރުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން.
- އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅޭ މައްސަލަތައް ބަލައިގަނެ، ރަޖިސްޓްރާގެ މަސްޢޫލިއްޔަތު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން.
|
|
މަޤާމުގެ ތަޢުލީމީ ރޮނގުތައް
|
- އެޑްމިނިސްޓްރޭޝަން
- ބިޒްނަސް
- ބިޒްނަސް އެޑްމިނިސްޓްރޭޝަން
- ބިޒްނަސް މެނޭޖްމަންޓް
- މެނޭޖްމަންޓް
- ޕަބްލިކް އެޑްމިނިސްޓްރޭޝަން
|
|
މި މަޤާމަށް މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް
|
- ތަޢުލީމާއި ތަމްރީނު
- މަސައްކަތު ތަޖުރިބާ
- އިންޓަރވިޔު
- ޕްރެޒެންޓޭޝަން
|
|
މުސާރައާއި އެލަވަންސް
|
- އަސާސީ މުސާރަ: (މަހަކު) -/15,000 ރުފިޔާ
- ސަރވިސް އެލަވަންސް: (މަހަކު) -/3,000 ރުފިޔާ
- އެހެން ވަޒީފާއެއް އަދާކުރުން މަނާ ކުރާތީ ދޭ އެލަވަންސް: އަސާސީ މުސާރައިގެ %35
- ފޯނު އެލަވަންސް: (މަހަކު) -/800 ރުފިޔާ
- އަދި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ
|
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭފޯމު (ފުރިހަމަކޮށްފައި)
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާ އެކު
- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓުފިކެޓު/ ތަޖުރިބާގެ ލިޔުން
|
|
ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވާގޮތް:
|
01 އެޕްރީލް 2026 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން ފޯމުތައް ފޮނުވާނީ އޮފީހުގެ އީމެއިލް [email protected]އަށެވެ.
|
|
އިތުރު މަޢުލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3010990 ނަންބަރު ފޯނާއެވެ. މި މަގާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ ކެންޑިޑޭޓުން 10 އަށް ވުރެ ގިނަ ނަމަ އޭގެ ތެރެއިން މަދުވެގެން 10 މީހުންނާ އިންޓަވިއު ކުރެވޭނެއެވެ.
|