ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2026/57
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:39
ސުންގަޑި: 26 މާރިޗު 2026 00:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ސްޕަރވައިޒަރ - އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު:

 ސްޕަރވައިޒަރ

ބޭނުންވާ ޢަދަދު

 1

ާވަަޒީފާގެ ބާވަތް

 ކޮންޓްރެކްޓް 01 އަހަރު (ފުރަތަމަ 03 މަސް ޕްރޮބޭޝަން)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ފިޝް ޕްރޮކިއޮމެންޓް އެންޑް ލޮޖިސްޓިކްސް ޑިޕަރޓްމެންޓް /އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް

އަސާސީ މުސާރަ:

 4600.00 ރުފިޔާ 

އިތުރު ޢިނާޔަތްތައް:

  ސާރވިސް އެލަވަންސް: 2760.00 ރުފިޔާ (ބޭސިކް މުސާރައިގެ %60)

 މިނިމަމް ވޭޖް އެލަވަންސް: 2530.00 ރުފިޔާ ( ބޭސިކް މުސާރައިގެ %55)

ފުޑް އެލަވަންސް: 1800 ރުފިޔާ

އިތުރު ޢިނާޔަތްތައް:

  އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ އިނާޔަތުގެ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.

ޝަރުޠު:

 ޖީ.ސީ.އީ އޯ ލެވެލް 2 މާއްދާއިން ފާސްވެފައިވުން.

 ދާއިރާގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

-ސިއްޙަތު ރަނގަޅު،ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރެވޭނެ މީހަކަށްވުން.

އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

މަޤާމްގެ މަސްއޫލިއްޔަތުތައް

  ދުވަހުން ދުވަހަށް ރޭވިފައިވާ މަސައްކަތްތައް ކޯޑިނޭޓްކޮށް ސުޕަވައިޒް ކުރުން

-މަސް ކަނޑާ، ސާފުކުރަނީ އަދި ގެންގުޅެނީ ރަނގަޅަށްކަން ބަލާ ކަށަވަރު ކުރުން.

 މަސައްކަތްްތައް ކަނޑައެޅިފައިވާ ވަގުތައް ނިންމާތޯ ބަލާ ފެސިލިޓީ ތެރޭގެ ވޯކް ފްލޯ ބެލެހެއްޓުން.

-ތަނުގެ ސާފުތާހިރު ކަމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ އިތުރުން ތަނުގެ ހުރިހާ ކަމެއްވެސް ހުރީ އެންމެ ފުރިހަމަ މިންގަނޑަށްކަން އަބަދުވެސް ކަށަވަރު ކުރުން.

-ސްޓާފުންނަށް މަސައްކަތް ހަވާލުކޮށް އިތުރަށް ބޭނުންވާ އިރުޝާދާއި ސަޕޯޓު ދިނުން.

-މަސައްކަތް ކުރާ ތަނާއި މަސައްކަތަށް ބޭނުންވާ ތަކެއްޗާއި މަސައްކަތުގެ އައުޓްޕުޓް ރަނގަޅަށް ބަލާ ކުންފުނީގެ މިންގަނޑު ތަކާއި އެއްގޮތަށް ހުރިކަން ކަށަވަރުކުރުން.-އޮޕަރޭޝަނަލް މައްސަލަތަކާއި ދިމާވާ އެހެނިހެންކަންކަން ޑިޕަރޓްމެންޓް ހެޑް އަށް ރިޕޯޓުކުރުން.

-އެޓެންޑެންސް އާއި އަޙްލާގާއި މަސައްކަތުގެ ޕަރފޯމެންސް ރަނގަޅަށް ދެމެހެއްޓުން.-ފެސިލިޓީގައި ބޭނުންކުރާ މެޝިނަރީޒް އާއި ސަލާމަތީ ވަސީލަތްތައޤަވާއިދާ އެއްގޮތަށް ބޭނުންކުރާކަން ކަށަވަރުކުން.   

އިންޓަރވިއުކުރުން:

  އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފް ކޮޕީ ދެފުށް ފެންނާނޭހެން.

  ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖްރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއެކު)

  ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. (ޖޮބް އެޕްލިކޭޝަން ފޯމް)

-  ޕޮލިސް ރިޕޯރޓް

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

-  ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ [email protected] އަށެވެ. 

 ހުށަހަޅަންޖެހޭ ސުންގަޑިއަކީ 26 މާރޗް 2026 ވަނަ ދުވަހު މެންދުރު 12:00ގެ ކުރިންނެވެ.

-  މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.

 

-  ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް  3323932އެކްސްޓެންޝަން 300 ފޯނަށް ގުޅުއްވުން އެދެމެވެ

23 މާރިޗު 2026