ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: H/IUL/2026/15B
ޕަބްލިޝްކުރި ތާރީޚް: 23 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 10:36
ސުންގަޑި: 25 މާރިޗު 2026 10:30
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް އިލެކްޓްރިކަލް ޕްރޮޓެކްޝަން ގްލޯވްސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2026/15A އިޢުލާނުގެ މަޢުލޫމާތު ބަދަލުވެފައި ވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

ދިވެހިރާއްޖެ                                                                                   

                                                       އިޢުލާން ނަންބަރ: H/IUL/2026/15B 

އަންދާސީހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު

މި ކުންފުންޏަށް އިލެކްޓްރިކަލް ޕްރޮޓެކްޝަން ގްލޯވްސް ސަޕްލައިކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު H/IUL/2026/15A އިޢުލާނުގެ މަޢުލޫމާތު ބަދަލުވެފައި ވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން މި މަސައްކަތަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ސަޕްލައި ކޮށްދޭންޖެހޭ އައިޓަމްތަކުގެ ތަފްސީލު މިއިއުލާނާއެކު އެއްހީރަސް ކުރެވިފައިވާނެއެވެ.

 

މި މަސައްކަތަށް ހުށަހެޅޭ، ޓެކްނިކަލް ގޮތުން ގަބޫލުކުރެވޭ އަންދާސީހިސާބުތައް އިވެލުއޭޓް ކުރެވޭނެގޮތުގެ ތަފުސީލު:

އަގަށް: 70 ޕޮއިންޓް

ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު 70x

މުއްދަތު: 20 ޕޮއިންޓް

ހުށަހެޅޭ އެންމެ ކުރު މުއްދަތު / ހުށަހެޅި މުއްދަތު 20x 

ތަޖުރިބާ: 10 ޕޮއިންޓް

މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ މަސައްކަތް ކުރިކަމުގެ ލިޔުންތަކަށް ބަލާފައެވެ.

 

- އަންދާސީހިސާބު ބާޠިލުވާ މުއްދަތު: މަދުވެގެން 45 ދުވަސް.

- ފައިސާ ދޫކުރުން: ބިލް ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި.                     

 

އަންދާސީހިސާބު ހުށަހަޅުއްވަންވާނީ ތިރީގައިމިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

 

ހެޑް އޮފް ޕްރޮކިއުމަންޓް

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް

އިޢުލާން ނަންބަރު: H/IUL/2026/15B   

އަންދާސީހިސާބު ހުޅުވުން:

އަންދާސީހިސާބު ހުޅުވުމަށް ހަމަޖެހިފައިވަނީ 2026 މާރިޗު 25 ވާ (ބުދަ) ދުވަހުގެ 10:30 ގައި ސްޓެލްކޯ ހެޑްއޮފީހުގެ ދެވަނަ ފަންގިފިލާގެ ބައްދަލުކުރާ ކޮޓަރީގައި މި މަސައްކަތަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

 

04 ޝައްވާލް 1447

23 މާރިޗު 2026

 

 

 

ނޯޓް:

  • މި އިއުލާނަށް އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކާއި، ތިމާގެކަމުގެ ނުވަތަ ވިޔަފާރީގެ އެއްވެސް ގުޅުމެއް، ސްޓެލްކޯގެ ވެރިޔަކާއި އޮތްކަމުގައި ވާނަމަ އެކަމުގެ ސާފު މަޢުލޫމާތު އެނގޭނޭ ލިޔުމެއް އަންދާސީހިސާބާއެކު ހުށަހަޅުއްވަންވާނެއެވެ. މިފަދަ މައޫލޫމާތު ހިއްސާ ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބާޠިލު ކުރެވޭނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން އަންދާސީހިސާބު ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި އަންދާސީހިސާބު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޙްތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338123 / 3338124 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ Tender@stelco.com.mv މި އެޑްރެހަށެވެ.
 
23 މާރިޗު 2026