ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 30/A4/1/2015/141
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:23
ސުންގަޑި: 24 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން


ވަޒީފާގެ ފުރުޞަތު:

މަޤާމް: ވެޓެރިނޭރިއަން                                     ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/11،065 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3،500 ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން:

ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

މަޤާމުގެ ރޭންކް:

އީ. އެކްސް. 3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ/ ހުޅުލެ

މަޤާމުގެ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މަސްމަހާމެއްސާއި ޖަނަވާރަށްޖެހޭ އެކިއެކި ބަލިތައް ދެނެގަނެވޭނެ އިންތިޒާމް ހަމަޖެއްސުމަށްޓަކައި ލެބޯޓްރީއެއް ޤާއިމްކުރުން.
  • ޖަނަވާރަށްޖެހޭ އެކިއެކި ބަލިތަކުގެ ސާމްޕަލްތައް ނަގައި، އެ ބައްޔާ  ގުޅޭގޮތުން އިތުރު ތަހުލީލުތައް ހަދައި، އެ ބައްޔަކީ ކޮށްކޮށް ބައްޔެއްކަން ކަށަވަރުކުރުމުގެގޮތުން ސާމްޕަލްތައް ރާއްޖެއިން ބޭރުގެ ލެބޯޓްރީތަކަށް ފޮނުވުން.
  • ޖަނަވާރަށާއި ދޫނިސޫފާސޫފި އިމްޕޯޓް އެކްސްޕޯޓްކުރާ ފަރާތްތަކަށް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ ސެޓްފިކެޓް ތައްޔާރުކުރުމުގައި ޓެކްނިކަލްގޮތުން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  • ޖަނަވާރާއި ދޫނިސޫފާސޫފީގެ ސަބަބުން ޖެހޭ ބަލިތަކުން ކުރިމަތިވެދާނެ ނުރައްކާތައް ދެނެގަތުން.
  • ލެބޯޓްރީގައި މަސައްކަތްކުރާނެ މީހުން ތަމްރީންކުރުމާއި، އެކަމާގުޅޭ އަތްމަތީ ފޮތް ތައްޔާރުކުރުން.

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި، ތަމްރީނާއި، ތަޖުރިބާ.

- ވެޓަރިނަރީއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- ސިވިލް ސަރވިސް ޤާނޫނާއި ޤަވާއިދަށް އަހުލުވެރި މިންވަރު.

މަޤާމް: ފީލްޑް އޮފިސަރ                                            ބޭނުންވާ ޢަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/4،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

ޓްރޭނިންގ އެންޑް އެކްސްޓެންޝަން އެޑެޕްޓިވް ރިސާރޗް

މަސައްކަތް ކުރަންޖެހޭ ތަން:

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ، ހދ. ހަނިމާދޫ

މަޤާމުގެ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ސާނަވީ ތަޢުމީމު ފުރިހަމަކުރުމަށްފަހު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ހައްދާ ނަމޫނާ ދަނޑުތައް ބެލެހެއްޓުން (ގަސްތަކަށް ފެންޖެހުމާއި، ގަސްތަކަށް ދިމަވާ މައްސަލަތައް ދެނެގަނެ، އެކަމަކާ ގުޅޭ ފަރުވާތައް ސެންޓަރުގައި މަސައްކަތްކުރާ ފަންނީ ބޭފުޅުންގެ އެހީތެރިކަމާއެކު ދިނުމާއި، ދަނޑުބިން ހިމެނޭ ސަރަޙައްދުގެ ވިނަ ނޮޅުމާއި، ދަނޑުބިން ސަރަހައްދު ސާފުކުރުން)
  • ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުން ހިންގާ ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • މިނިސްޓްރީން ފާހަގަކުރާ ދަނޑުވެރިންގެ ދުވަހާއި މަސްވެރިންގެ ދުވަސްފަދަ މުހިންމު މުނާސަބުތަކާ ގުޅުވައިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުމުގައި އެހީތެރިވެދިނުން (މިފަދަ ދުވަސްތަކަށް ބޭނުންވާ ގަސް މުޑުވައްކުރުމުގެ މަސައްކަތް ކުރުމާއި، މި ގަސްތައް ބަލަހައްޓައި، ދުވަހުން ދުވަހަށް ދޭންޖެހޭ ފަރުވާ ދިނުން)

ވަޒީފާ އަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ދަނޑުވެރިކަމުގެ ދާއިރާއިން ލިބިފައިވާތަޢުލީމާއި، ތަމްރީން.

- ދަނޑުވެރިކަމުގެ ދާއިރާއިރާއާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

-  ސިވިލް ސަރވިސް ޤަވާޢިދަށް އަހުލުވެރި މިންވަރު.

މަޤާމް: އިންސްޕެކްޓަރ                                           ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/4،000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

ޖީ. އެސް. 2

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

މެރިން ރިސާރޗް ސެންޓަރ

މަސައްކަތް ކުރަންޖެހޭ ތަން:

މެރިން ރިސާރޗް ސެންޓަރ  

މަޤާމުގެ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ސާނަވީ ތަޢުލީމް ފުރިހަމަކުރުމަށްފަހު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • އޮފީހުން ފޮނުވާ ސިޓީ/ ލިޔެކިޔުން ފަދަ ތަކެތި ގެންދަންޖެހޭ ފަރާތްތަކަށް ގެންގޮސްދިނުން.
  • މެރިން ރިސާރޗް ސެންޓަރު އައުޓް ޕޯސްޓް (މަނިޔަފުށި) އަށް ގަންނަންޖެހޭ ތަކެތި ގަނެ އޮފީހަށް ގެނައުމާއި، އައުޓްޕޯސްޓަށް ފޮނުވަންޖެހޭ ތަކެތި ފޮނުވުމުގެ އިންތިޒާމް ހަމަޖެއްސުން.
  • މެރިން ރިސާރޗް ސެންޓަރ، މަނިޔަފުށި ލޯންޗްތަކާއި ދޯނީގެ މެއިންޓެނަންސް  ބެލެހެއްޓުން.
  • މެރިން ރިސާރޗް ސެންޓަރުގެ އައުޓްޕޯސްޓް (މަނިޔަފުށި) ގެ މުވައްޒަފުންނާއި، ދޯންޏާއި ލޯންޗުގައި މަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

- ސިވިލް ސަރވިސްގެ ޤަވާޢިދަށް އަހުލުވެރި މިންވަރު.

- މަޤާމުގެ މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު. 

މަޤާމް: އެޑްމިނިސްޓްރޭޓިވް އޮފިސަރ  ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/4،465 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/1،500 ރުފިޔާ

މަޤާމުގެ ކްލެސިފިކޭޝަން:

ސްޕޯޓްސް ސްޓާފް ގްރޭޑް 1

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން:

މިނިސްޓަރސް ބިއުރޯ

މަސައްކަތް ކުރަންޖެހޭ ތަން:

މާލެ

މަޤާމުގެ ޝަރުޠު:

 

  1. މަޤާމުގެ  މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • މިނިސްޓަރ ރާއްޖެތެރެއަށާއި ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތަކުގެ އިދާރީ އިންތިޒާމް ހަމަޖެއްސުން.
  • ޕޮލިސީ މީޓިންގތަކާއި، ސީނިއަރ މެނޭޖްމެންޓް މީޓިންގތައް އިންތިޒާމްކޮށް، ޖަލްސާތަކުގެ ޔައުމިއްޔާތައް ގަވާޢިދުން ލިޔެ ބެލެހެއްޓުން.
  • ސްޓޭޓް މިނިސްޓަރުނާއި، ޑެޕިއުޓީ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށް އެބޭފުޅުންނާ ބައްދަލުކުރުމުގައި އެހީތެރިވުން.
  • މިނިސްޓަރުގެ އަރިހަށް އެޕޮއިންޓްމަންޓަށް އެދިވަޑައިގަންނަވާ ބޭފުޅުންނަށް އެޕޮއިންޓްމަންޓް ހަމަޖައްސައިދީ އެޕޮއިންޓްމަންޓްތަކަށް ބޭނުންވާ މަޢުލޫމާތު ސެކްޝަންތަކުން ހޯދައި އެޕޮއިންޓްމަންޓްތަކުގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން
  • މިނިސްޓަރުގެ ޕާރސަނަލް ލިޔެކިޔުންތަކާއި، ސެކްޝަންގެ ބައެއް ލިޔެކިއުންތައް ޤަވާޢިދުން ފައިލްކޮށް ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި، ތަމްރީން.

- މަޤާމުގެ މަސައްކަތްތަކުގެ ދާއިރާއިން މަސައްކަތު ތަޖުރިބާ ލިބިފައިވާ މިންވަރު.

- މުޢާމަލާތުކުރުމުގެ ހުނަރުހުރި މިންވަރު.

- އާންމު މަޢުލޫމާތު ލިބިފައިވާ މިންވަރާއި، ކަންކަމަށް ހޭލުންތެރި މިންވަރު.

ޢިނާޔަތްތައް:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ  ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވިނަމަވެސް، ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ސަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ (ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ) ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތު ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތު ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

މަގާމަށް މީހުން ހޮވުމުގައި ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި އިމްތިޙާނު ކުރުން:

މި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް  އެދުމުގެ  ސުންގަޑި  ހަމަވުމަށްފަހު،  މަސައްކަތު  15  ދުވަހުގެ  ތެރޭގައި  މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި މިނިސްޓްރީއަށް، ވަޒީފާއަށްއެ ދޭ ފޯމް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

- އެޕްލިކޭޝަން ފޯމު، މި މިނިސްޓްރީގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި  މި މިނސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- އިތުރު މަޢްލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު 3339244 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 28 ޞަފަރު 1437

10 ޑިސެންބަރު 2015