ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)391/391/2026/26
ޕަބްލިޝްކުރި ތާރީޚް: 20 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 20:23
ސުންގަޑި: 31 ޖުލައި 2026 00:00
ކޮޅުމަޑުލު ތިމަރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއްޞާލިޙާތު މަރާމާތުކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭ

އިޢުލާނު

ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއްޞާލިޙާތު މަރާމާތުކުރުމަށް އެހީތެރިކަން ހޯދުމާ ގުޅޭ

           ތ. ތިމަރަފުށީ މަސްޖިދުލް ބާޤިޔާތުއްޞާލިޙާތު ޒަމާނީ ފެންވަރަށް ބޮޑު މަރާމާތެއް ކުރުމަށްޓަކައި ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުސަތު، ދީލަތި އެހީތެރިކަން ފޯރުކޮށްދެއްވާ އެންމެހައި ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

           މި މިސްކިތުގެ މަރާމާތުގެ މަސައްކަތްތަކަށް ޖުމްލަ 2.5 މިލިއަން ދިވެހި ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. މި މަޝްރޫޢަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ލިބޭ ފައިސާ، މި ރަށުގެ އެހެނިހެން މިސްކިތްތަކުގެ މަރާމާތާއި ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ބޭނުންކުރެވޭނެއެވެ.

           ވީމާ، މި މަތިވެރި ދީނީ މަސައްކަތުގައި ބައިވެރިވެ، ދަރުމައާއި ސަވާބަށް އެދި މާލީ އެހީތެރިކަން ފޯރުކޮށްދެއްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ އެކައުންޓަށް ފައިސާ ޖަމާކޮށްދެއްވުން އެދި ދަންނަވަމެވެ.

 

1441 KHARADHU 2  އެކައުންޓް ނަން:

އެކައުންޓް ނަންބަރު: 7725700323004

20 މާރިޗު 2026