ދިވެހިރާއްޖެ
FSM-ADV/2026/037
މުވައްޒަފުން ބޭނުންވެއްޖެ
ތިރީގައި މިދަންނަވާ މަޤާމުތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
|
މަޤާމް: |
ސެކިއުރިޓީ އޮފިސަރ (ފ. ނިލަންދޫ) |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ތަނުގެ ސަލާމަތާއި ރައްކާތެރިކަން ބެލެހެއްޓުން. - ދިމާވާ މައްސަލަތަކާއި ކަންބޮޑުވުންތައް ދެނެގަނެ، ލަސްނުކޮށް އެކަށީގެންވާ ފިޔަވަޅު އެޅުން. - ހަވާލުކުރެވިފައިވާ ސަރަހައްދުތަކުގައި ޤާނޫނާ ގަވާއިދާ ޚިލާފު ކަންކަން ހިނގާތޯ ބަލާ ރިޕޯޓުކުރުން. - ޑިއުޓީ ގަޑީގައި ވަޒީފާ އަދާކުރާ ސަރަހައްދުގައި އަބަދުވެސް ހާޒިރުވެ ހުރުން. - ޑިއުޓީ ފެށުމުގެ ކުރިން ޗެކްލިސްޓް ފުރިހަމަ ކޮށް، ކަމެއް ދިމާވެފައިވާ ނަމަ ސުޕަވައިޒަރ އަށް ލަސްނުކޮށް އެކަން އެނގުން. - ތަޅުލާންޖެހޭ ދޮރުތަކާއި ގޭޓްތައް ތަޅުލެވިފައިވާކަން، އަދި ހުޅުވާފައި ހުންނަންޖެހޭ ތަންތަން ހުޅުވިފައިވާކަން ކަށަވަރުކުރުން - ނުރައްކާތެރި ހާލަތެއް ކުރިމަތިވެދާނެ ކަންތައްތައް ދެނެގަނެ، ކަމާ ބެހޭ ފަރާތްތަކަށް ލަސްނުކޮށް އެކަން ހިއްސާކުރުން - ކުއްލި ހާދިސާއެއް ދިމާވެއްޖެނަމަ މުވައްޒަފުންނަށާއި ކަސްޓަމަރުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން - މީގެ އިތުރުން ސުޕަވައިޒަރުން ނުވަތަ މެނޭޖްމެންޓުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުން. |
|
ޝަރުތުތައް: |
- ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސިއްހީގޮތުން ދުޅަހެޔޮ، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން. |
|
މުސާރަ: |
- 11،000ރ އާއި 12،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް އީޒީފިލް ފ. ނިލަންދޫ |
|
މަޤާމް: |
ލޭބަރ (ފ. ނިލަންދޫ) |
|
ޑިޕާޓްމަންޓް/ސެކްސަން: |
ސޭލްސް |
|
ބޭނުންވާ އަދަދު: |
01 |
|
މަސައްކަތުގެ ބާވަތް: |
- ސައިޓުގައި ބެހެއްޓިފަހުރި ޓޭންކުތަކުގެ ސައުންޑިންގ ނެގުން - ސައިޓު ތެރެ ސާފުކޮށް ބެލެހެއްޓުން - ތެޔޮ ލޯޑުކުރުން - އެމީހަކާ ޙަވާލުވެފައިވާ މަސައްކަތްތަކުގެ އިތުން ސުޕަވައިޒަރުން ނުވަތަ މެނޭޖްމެންޓުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަކުރުން. |
|
ޝަރުތުތައް: |
- ދާއިރާއާ ގުޅުންހުރި މަސައްކަތެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު، ސިއްހީގޮތުން ދުޅަހެޔޮ، އަދި ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތަކަށްވުން. |
|
މުސާރަ: |
- 11،000ރ އާއި 12،000ރ އާއި ދެމެދު |
|
މަސައްކަތަށް ނިކުންނަން ޖެހޭ ތަން: |
އެފް.އެސް.އެމް އީޒީފިލް ފ. ނިލަންދޫ |
ވީމާ، މިވަޒީފާއަށް އެދިލައްވާ ފަރާތްތަކުން 22 މާރިޗް 2026 ވާ އާދީއްތަ ދުވަހު މެންދުރު 14:00 ގެ ކުރިން ވަޒީފާއަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު، ތަޢުލީމީ ސެޓިފިކެޓް ތަކުގެ ކޮޕީ، ސީވީ، އައި.ޑީ.ކާޑު އަދި ހުށަހަޅާ ދުވަހުން ފެށިގެން އެއް މަސް ދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް މި ކުންފުނީގެ އީމެއިލް، [email protected] އަށް ފޮނުވުން އެދެމެވެ. (އެޕްލިކޭޝަން ފޯމުލިބިލައްވާނީ ކުންފުނީގެ ވެބްސައިޓުންކަން ދަންނަވަމެވެ.)
އެޕްލިކޭޝަން މެއިލް ކުރައްވާއިރު، މެއިލް ސަބްޖެކްޓުގައި އިއުލާން ނަންބަރު ޖެއްސެވުން އެދެމެވެ.
އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް 3331421 /3331443 ނަންބަރަށް ގުޅުއްވުން އެދެމެވެ.
19.03.2026