ދިވެހިރާއްޖެ
މި އެސޯސިއޭޝަންގެ 2025 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ، 2026 މާރިޗު 30 ވަނަ ދުވަހުގެރޭ 20:30 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޖަލްސާ އޮންނާނެ ތަނެއް ފަހުގެ ތާރީހެއްގައި އެންގޭނެއެވެ. އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަންގެ މުބާރާތްތަކުގައި ބައިވެރިވެފައިވާ އަދި 2026 ވަނަ އަހަރު އަހަރީ ފީ ދައްކާފައިވާ، ކްލަބް / ޖަމްޢިއްޔާތަކުގެ ތެރެއިން، އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވުމަށް ރަޖިސްޓްރޭޝަން ފޯރމް ހުށައަޅާ ފަރާތްތަކަށެވެ. ރަޖިސްޓްރޭޝަން ފޯރމް މާރިޗު 23 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި އެސޯސިއޭޝަންގެ އީމެއިލް [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.
އަހަރީ ޢާއްމު ޖަލްސާގައި ރަޖިސްޓްރީ ވުމަށް އެދޭ ފޯރމް ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ނަމްބަރ 7611112 އަށް ގުޅުއްވުންއެދެމެވެ.
އެސޯސިއޭޝަންގެ މެންބަރު ކުލަބު / ޖަމިއްޔާތައް :-
- ޔޫތް ޔުނައިޓަޑް ސްޕޯރޓްސް ކަލަބް
- ސްޕޯރޓްސް ކްލަބް ސްކައިލާރކް
- ޔުނައިޓެޑް ޔުނިޓީ ސްޕޯރޓްސް ކްލަބް
- ކުޅުދުއްފުށީ ޔޫތު އެންޑް ރިކްރިއޭޝަން ކުލަބު
- ޒެނިތް ސްޕޯރޓްސް ކްލަބް
- ކްލަބް މެޓްރިކްސް
- ސްޕޯރޓްސް ކްލަބް ޝައިނިންގ ސްޓާރ
- ކުލަބު ގްރީން ސްޓްރީޓްސް
- އިންވިކްޓޯ ސްޕޯރޓްސް ކުލަބު
- އެމް.ވީ.ނެޓާރސް
- އެން.ސްޕޯރޓްސް އެކަޑަމީ