ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2026/30
ޕަބްލިޝްކުރި ތާރީޚް: 12 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:16
ސުންގަޑި: 19 މާރިޗު 2026 14:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
'އަލިތަރި މަދަޙަ މުބާރާތް 1447' ގައި ބައިވެރިވުމުގެ މުއްދަތު އިތުރުކުރުމާއި މުބާރާތް ފަސްކުރުން.

މިކައުންސިލާއި، މަޑަވެލި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ފަރާތުން ބަރަކާތްތެރި ރަމަޟާން މަހުގެ ޙުރުމަތާއި އެކަށޭނެހެން އިޙްތިފާލުކުރުމަށް ރަށުގެ ކުޑަކުދިންނަށާއި، ޢާންމު ރައްޔިތުންނަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން 14 މާރިޗް 2026 ގައި ބޭއްވުމަށް ހަމަޖެހިފައިވާ 'އަލިތަރި މަދަޙަ މުބާރާތް 1447' ބާއްވާނެ ތާރީޚު ލަސްކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މިތާރީޚު ފަހުން އިޢުލާނު ކުރެވޭނެ ވާހަކަ ދެންނެވީމެވެ. ވީމާ، މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ 19 މާރިޗް 2026 ގެ 14:00 އަށް އިތުރުކުރެވިފައެވެ.

މިމުބާރާތުގައި ބައިވެރިވެވޭ ކެޓަގަރީތަކަކީ:

1)      ފައުންޑޭޝަން ސްޓޭޖް

2)      ކީސްޓޭޖް 1 – (ގްރޭޑް 1، 2، 3)

3)      ކީސްޓޭޖް 2 – (ގްރޭޑް 4، 5 އަދި 6)

4)      ކީސްޓޭޖް 3 އަދި 4 – (ގްރޭޑް 7، 8، 9 އަދި 10)

5)      ސްކޫލް ނިމިފައިވާ 18 އަހަރު ނުފުރޭ ކުދިން

6)      18 އަހަރުން މަތީގެ އުމުރުފުރާ

7)      ޤުރޫޕް މަދަހަ ހުށަހެޅުން (މުއައްސަސާތަކާއި، ޢާންމު ރައްޔިތުން)

މިމުބާރާތުގައި ބައިވެރިވެވޭނީ ތިރީގައިވާ ލިންކްގައިވާ ފޯމް ފުރުމަށްފަހު ހުށަހަޅައިގެންނެވެ.

ލިންކް:  https://forms.gle/MGQeXHjyT9Ht6NR68

މުބާރާތުގެ ބައިވެރިވާ ހުރިހާ ފަރާތްތަކުން އެފަރާތުގެ އައި.ޑީ.ކާޑު ކޮޕީ އަދި ކިޔާ މަދަޙައިގެ ކޮޕީ 19 މާރިޗް 2026 ވަނަ ދުވަހުގެ 14:00 ކުރިން ކައުންސިލްގެ ވައިބަރ 9356677 އަށް ނުވަތަ މެއިލް [email protected]  އަށް މެއިލްކުރަންވާނެއެވެ.

މިކައުންސިލްގެ ވެބްސައިޓުން "އަލިތަރި މަދަހަ މުބާރާތް 1447" ގެ ޤަވާއިދު ޑައުންލޯޑްކުރެވޭނެއެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

12 މާރިޗު 2026