ކުއްޔަށް ދިނުން
ނަންބަރު: (IUL)14-A3/1/2015/81
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 18:32
ސުންގަޑި: 20 ޑިސެންބަރު 2015 13:00
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކެފެޓީރިޔާ ކުއްޔަށް ދިނުމަށް

އިޢުލާން

ކެފެޓީރިޔާ ކުއްޔަށްދިނުން:

ކަސްޓަމްސްގެ ހެޑް އޮފީހުގައި ހުރި މި އޮފީހުގެ ކެފެޓީރިޔާ ކުއްޔަށްދިނުމަށް ބޭނުންވެއެވެ.

ވީމާ، މި ކެފެޓީރިޔާ ކުއްޔަށްހިފުމަށް ބޭނުންވާ ފަރާތްތަކުން، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ހާޒިރުވެ، މައުލޫމާތު ސާފުކުރުމަށްފަހު، 2015 ޑިސެންބަރު 27 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ކަސްޓަމްސްގެ ހެޑްއޮފީހަށް ހާޒިރުވެ،  އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅޭނީ، މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ. މިކަމާބެހޭގޮތުން މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ  3334144 ނަންބަރު ފޯނާ ގުޅައިގެން މަޢުލޫމާތު ސާފުކުރުން އެދެމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015