ތަމްރީނު
ނަންބަރު: (IUL)475-Schol/475/2026/32
ޕަބްލިޝްކުރި ތާރީޚް: 10 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:51
ސުންގަޑި: 27 މާރިޗު 2026 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Phoenix Leader Education Program (Hiroshima Initiative) for Renaissance from Radiation Disaster

Phoenix Leader Education Program (Hiroshima Initiative)

for Renaissance from Radiation Disaster

 

ހިރޮޝިމާ ޔުނިވާސިޓީ އިން ހިރޯޝިމާ އިނީޝިއޭޓިވް ގެ ދަށުން ކުރިއަށްގެންދާ ފީނިކްސް ލީޑަރ އެޑިޔުކޭޝަން ޕްރޮގްރާމް ފޮރ ރެނައިސަންސް ފްރޮމް ރޭޑިއޭޝަން ޑިޒާސްޓަގެ އޮކްޓޫބަރު 2026 ގެ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

 

އެޕްލިކޭޝަން ހުށަހެޅުމަށް ހުޅުވާލާފައިވާ ކޯސްތަކުގެ ތެރޭގައި ހަތަރު އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ރޭޑިއޭޝަން ޑިޒާސްޓަރ މެޑިސިން ކޯހާއި، ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ރޭޑިއޯއެކްޓިވިޓީ އެންވަޔަރަމަންޓަލް ޕްރޮޓްކްޝަން ކޯހާއި، ރޭޑިއޯއެކްޓިވިޓީ ސޯޝަލް ރިކަވެރީ ކޯސް ހިމެނެއެވެ. މީގެ ތެރެއިން ފަސް އަހަރުގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގައި ހިމެނޭ ދެ އަހަރުގެ މާސްޓާސް ޕްރޮގްރާމް  ފުރިހަމަކުރުމަށްފަހު ތިން އަހަރުގެ ޑޮކްޓޯރަލް ޕްރޮގްރާމް ފުރިހަމަކުރަން ބޭނުންނަމަ، އެ ފުރުސަތު އޮތްވާހަކަ ދަންނަވަމެވެ.  އަދި، ދެ އަހަރުގެ މާސްޓަރސް އޮފް ސައިންސް އިން ރޭޑިއޯއެކްޓިވިޓީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެންޑް ރޭޑިއޯއެކްޓިވިޓީ ސޯޝަލް ރިކަވަރީ  ކޯސްވެސް  މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ވާހަކެވެސް މައުލޫމާތަށްޓަކާ ދަންނަވަމެވެ.  

 

މި ޕްރޮގްރާމަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv  އާއި  https://kuri.gov.mv  އިން ލިބެން ހުންނާނެއެވެ. މި ޕްރޮގްރާމަށް އެލްޕިކޭޝަން ހުށަހެޅުމަށްޓަކައި، ތިރީގައިވާ ލިންކް އަދި އީމެއިލް އެޑްރެސް ބޭނުންކުރެވޭނެއެވެ. ވީމާ، ޕްރޮގްރާމުގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ހިރޮޝިމާ ޔުނިވާސިޓީގެ ވެބްސައިޓް މެދުވެރިކޮށް 27 މާރިޗު 2026 ދުވަހުގެ 13:00 ގެ ނިޔަލަށް ޕްރިލިމިނަރީ އިވެލުއޭޝަނަށް އެޕްލައި ކުރުމަށްފަހު 19 މެއި 2026 ދުވަހުގެ 13:00 ގެ ކުރިން  އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

Kasumi 1-2-3, Minami-ku, Hiroshima-city 734-8553 JAPAN Tel:  +81-(0)82-257-1995   ހޮޓްލައިން:

އީމެއިލް:  [email protected]    

ވެބްސައިޓް:  https://phoenixprogramlp.hiroshima-u.ac.jp/en/            

................................................................................................................................................................................

*  މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

10 މާރިޗު 2026