ތަމްރީނު
ނަންބަރު: MNU-CA-RG/2015/536
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:21
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ސެންޓަރ ފޮރ އޯޕަން ލަރނިންގ

އިންގްލިޝް ފޮރ ފަރދަރ ސްޓަޑީޒް 

މުއްދަތު: 0.5 އަހަރު (1 ސިމެސްޓަރ)

ޖާގަ: 510 (ޖުމްލަ)

ކޯސް ހިންގާނެގޮތް:ޑިސްޓަންސް މޯޑް

ކޯސް ހިންގުމަށް ހަމަޖެހިފައިވާ ސެންޓަރާއި ސެންޓަރުތަކަށް ކަނޑައެޅިފައިވާ ޖާގަ:

ވ.ފެލިދޫ (20 ޖާގަ)                  މ.މުލި (20 ޖާގަ)           ށ.މާއުނގޫދޫ (20 ޖާގަ)  

ށ.ފުނަދޫ (20 ޖާގަ)                 ގދ.ފިޔޯރީ (20 ޖާގަ)          ތ.ވިލުފުށި (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ގްރޭޑް 10 ނިންމާފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން. ނުވަތަ

ށ. ސީ.ސީ.އީން ހިންގާ އިނގިރޭސިބަހުގެ ސެޓުފިކެޓު 1، 2. 3 ފުރިހަމަ ކޮށްފައިވުން. ނުވަތަ

ނ. ސެންޓަރ ފޯރ އޯޕަން ލާރނިންގ އިން ދޭ ގްރޭޑް 10 ގެ ފެންވަރުގެ އިނގިރޭސި ޓެސްޓަކުން ފާސްވެފައިވުން.

ނޯޓް: ކޯސް ހެދުމަށް ގަސްދުކުރާ ސެންޓަރު، ކޯހަށް އެދި ހުށަހަޅާ ފޯމުގައި ބަޔާންކުރަންވާނެއެވެ. އަދި މި ކޯސް ކޮންމެ ސެންޓަރެއްގައިވެސް ހިންގޭނީ އެ ސެންޓަރެއްގައި މަދުވެގެން 10 ދަރިވަރުން ރަޖިސްޓަރީވާނަމައެވެ.

09 ޑިސެންބަރު 2015