ތަމްރީނު
ނަންބަރު: MNU-CA-RG/2015/535
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 16:15
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖަނަވަރީ 2016 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މިކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އެޑިޔުކޭޝަން 

ބެޗްލަރ އޮފް އެޑިޔުކޭޝަން ސެކަންޑަރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ)

މުއްދަތު: 4 އަހަރު (8 ސިމެސްޓަރ)

ޖާގަ: 30 (ޖުމްލަ)   

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ސ.ހިތަދޫ، ބްލޮކްމޯޑު

ކޯހަށް ވަނުމަށް ބޭނުންވާ އެންމެދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޭލެވެލް/އެޗް.އެސް.ސީ އިމްތިޙާންތަކުން 2 މާއްދާއިން ފާސްވެފައިވުން. އަދި ޖީ.ސީ.އީ އޯލެވެލް/އެސް.އެސް.ސީ އިމްތިޙާންތަކުން 3 މާއްދާއިން ފާސްވެފައިވުމާއެކު، ދިވެހިން ދަށްވެގެން "ބީ" ގްރޭޑް ލިބިފައިވުން. ނުވަތަ

ށ. ބެޗްލަރ އޮފް އެޑިޔުކޭޝަން ކޯހަށް އަމާޒުކޮށްގެން ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ސްޓަޑީޒް ލެވެލް 2 ން ފާސްވެފައިވުން. ނުވަތަ

ނ. ޚާއްޞަވާން އެދޭ މާއްދާ ކިޔަވައިދިނުމުގެ ރޮނގުން ޑިޕްލޮމާ ލެވެލްގެ ސަނަދެއް އޮތުމާއެކު އެސް.އެސް.ސީ ދިވެހިން ފާސްވެފައިވުން. ނުވަތަ

ރ. ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ލެވެލްގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 2 އަހަރު ދުވަހު، ސްކޫލެއްގައި ޚާއްޞަވާން އެދޭ މާއްދާތައް ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

09 ޑިސެންބަރު 2015