ދިވެހިރާއްޖެ
|
ICCR Scholarship 2026/2027 - Aid to Maldives Scheme |
|
އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް (އައި.ސީ.ސީ.އާރ) އިން ހިންގުމަށް ހަމަޖެހިފައިވާ "އެއިޑް-ޓު-މޯލްޑިވްސް ސްކީމް" ގެ ދަށުން ދިވެހިރާއްޖެއަށް 20 އަންޑާގުރެޖުއޭޓް ފުރުސަތު ދެއްވާފައިވާކަމަށް އެފަރާތުން ވަނީ އަންގަވާފައެވެ. މިސްކޮލަރޝިޕަށް ކެންޑިޑޭޓުން ހޮވުމުގެ ހުރިހާ މަސައްކަތެއް ކުރާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ.
މިކޯސްތަކަށް ކުރިމަތިލުމުގެ ޝަރުތުތަކާއި އެޕްލައިކުރެވޭނެ ދާއިރާތަކާއި އިތުރު މައުލޫމާތު މިއިޢުލާނާއިއެކު މިމިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv ، ކުރި ޕޯޓަލް https://kuri.gov.mv އަދި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ.
ވީމާ، މި ސްކޮލަރޝިޕް ޕްރޮގްރާމްތަކުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 15 އެޕްރީލް2025 ވާ ބުދަ ދުވަހުގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
ވެބްސައިޓް:https://a2ascholarships.iccr.gov.in
................................................................................................................................................................................ * މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.
* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ. |