ތަމްރީނު
ނަންބަރު: (IUL)475-Schol/475/2026/33
ޕަބްލިޝްކުރި ތާރީޚް: 09 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 15:07
ސުންގަޑި: 27 އޭޕްރިލް 2026 00:00
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
Lata Mangeshkar Scholarship Scheme

މި އިޢުލާންވަނީ 09 މާރިޗު 2026 20:58 ގައި ބާތިލް ކުރެވިފައެވެ.


Lata Mangeshkar Scholarship Scheme

 

އިންޑިއަން ކައުންސިލް ފޮރ ކަލްޗަރަލް ރިލޭޝަންސް،މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒްއިން 2026-2027 ވަނަ އަހަރުގެ ސްކޮލަރޝިޕް ފުރުސަތުތައް މިހާރު ވަނީ ހުޅުވާލެވިފައެވެ.

 

މި ސްކޮލަރޝިޕްގެ ދަށުން އާރޓް އެންޑް ކަލްޗަރގެ ދާއިރާއިން 10 ފުރުސަތު ދިވެހި ރާއްޖެއަށް ލިބިފައިވެއެވެ. މި ސްކޮލަރޝިޕްތަކަށް ކެންޑިޑޭޓުން ހޮވުމުގެ އެންމެހައި ކަންކަން ކުރިއަށްގެންދާނީ ސްކޮލަރޝިޕް ދޭ ފަރާތުންނެވެ. ޕްރޮގްރާމާ ގުޅޭ އިތުރު ތަފްސީލާއި، އެޕްލިކޭޝަން ހުށަހަޅާނެ ގޮތުގެ އިރުޝާދު https://a2ascholarships.iccr.gov.in/ ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ .ވީމާ، މި ސްކޮލަރޝިޕްގައި ބައިވެރިވުމަށް ޝަޢުގުވެރިވާ ފަރާތްތަކުން 27 އެޕްރީލު 2026 ވާ ބުދަ ދުވަހުގެ ކުރިން އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 

................................................................................................................................................................................

*  މިކޯސްތަކަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން ކޯސް ހިންގާ އިންސްޓިޓިއުޓަކީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިޔު.އޭ) އިން ޤަބޫލުކުރާ އިންސްޓިޓިއުޓެއްކަމާއި، ހޮވިފައިވާ ކޯހަކީ އެމް.ކިޔު.އޭ އިން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

 

* މީގެއިތުރުން ރާއްޖޭގައި މަސައްކަތް ކުރުމަށް ވަކި ލައިސެންސެއް އޮންނަންޖެހޭ ދާއިރާއެއްގެ ކޯހެއް ހެދުމަށް ހޮވޭ ފަރާތްތަކުން، ކޯހަށް ފުރުމުގެ ކުރިން އެކޯހަކީ ކަމާބެހޭ އިދާރާތަކުން (މިސާލު: މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލް، މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް، ސިވިލް އޭވިއޭޝަން އޮތޯރިޓީ) ޤަބޫލުކުރާ މަރުކަޒެއްގައި ހިންގާ އެ އިދާރާއަކުން ޤަބޫލުކުރާ ކޯހެއްކަން ކަށަވަރު ކުރުން އެދެމެވެ.

09 މާރިޗު 2026