ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2026/0154
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި:
12 އޭޕްރިލް 2026 23:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ދިވެހިރާއްޖެ
2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ މާލީ ހިސާބުތައް ޢާންމު ކުރުމާގުޅޭ:
މި ކުންފުނިން 2026 ފެބްރުއަރީ 01 ވަނަ ދުވަހު ޢާންމުކޮށްފައިވާ ނަންބަރު MTCC-CSD/IU/2026/0051 އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.
މި ކުންފުނީގެ 2025 ވަނަ އަހަރުގެ 04 ވަނަ ކުއާޓަރގެ ރިޕޯޓު އަދި މާލީ ހިސާބު އެންމެ ލަސްވެގެން 2026 މާރިޗު 10 ވަނަ ދުވަހުގެ ކުރިން ޢާންމުކުރުމަށް މަސައްކަތް ކުރަމުންއައި ނަމަވެސް، އިތުރު ވަގުތު ބޭނުންވާތީ މާލީ ހިސާބު ޢާންމުކުރާ މުއްދަތު 2026 އޭޕްރިލް 12 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކުރުމުގެ ހުއްދައަށް އެދި ކެޕިޓަލް މަރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއަށް ހުށަހަޅާފައިވާކަން ޙިއްޞާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
08 މާރިޗު 2026