ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)AEH/1/2026/5
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 29 މާރިޗު 2026 12:00
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް، ސ. ހިތަދޫ
ދިވެހިރާއްޖެ
އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީގެ މެންބަރުކަމަށް (ބަލިމީހުންނާއި އާއިލާތަކުގެ މަންދޫބޫ) ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީގެ  މެންބަރުކަމަށް (ބަލިމީހުންނާއި އާއިލާތަކުގެ މަންދޫބޫ) ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުން

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުން ފޯރުކޮށްދޭ ހިދުމަތްތަކަކީ ބަލިމީހާ އިސްކޮށް، ފެންވަރު ރަނގަޅު އަދި ރައްކާތެރިކޮށް ދެވޭ ހިދުމަތްތަކަކަށް ހެދުމަށްޓަކައި، ބަލިމީހުންނާއި އާއިލާތަކުގެ މަންދޫބެއްގެ ހައިސިއްޔަތުން މި ހޮސްޕިޓަލުގައި" އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގެ ޕޭޝަންޓް ސޭފްޓީ ކޮމިޓީ" ގެ ނަމުގައި އުފެއްދުމަށް ހަމަޖެހިފައިވާ ކޮމިޓީއަށް، މެންމްބަރެއްގެ ހައިސިއްޔަތުން ކުރިމަތިލުމަށް ފުރުސަތު ހުޅުވައި އެކަން އިއުލާނުކުރަމެވެ.

 

ބޭނުންވާ އަދަދު:

03 (ތިނެއް)

މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1.  ހޮސްޕިޓަލުން ޚިދުމަތް ހޯދާ ބަލިމީހުންނާއި އެމީހުންގެ އާއިލާތަކުގެ ފިކުރާއި، ބޭނުންތަކާއި އަދި ހުރި ކަންބޮޑުވުންތައް ހުށަހެޅުން.
  2. ހޮސްޕިޓަލުން ބާއްވާ ކަންކަމާގުޅޭ ބައްދަލުވުންތަކާއި، ކޮމިޓީތަކާއި އަދި ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގޭ ހަރަކާތްތަކުގައި ބައިވެރިވުން.
  3. ބަލިމީހުންނަށް އިސްކަންދޭ ފަރުވާގެ ނިޒާމެއް ގާއިމްކުރުމަށާއި، އިންސާނީ ކަރާމާތާއި، ނަފްސުގެ ރައްކާތެރިކަމުގެ އިތުރުން ސަގާފީ އަދި އަމިއްލަ ފަރުދީ ރޫހު އާލާކުރުން.
  4. ބަލިމީހުންނާއި އާއިލާތަކާއި އަދި ސިއްހީ ހިދުމަތްތެރިންގެ މެދުގައި އޮންނަ މުއާމަލާތް ހަރުދަނާކޮށް، ފަސޭހަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށް އެހީތެރިވުން.
  5. ބަލިމީހުންގެ ތަޖުރިބާއާއި، ލިބޭ ހިދުމަތްތަކާއި އަދި ފަރުވާގެ ފެންވަރާ ގުޅޭގޮތުން ބިނާކުރުވަނިވި ހިޔާލާއި މަޝްވަރާ ހުށަހެޅުން.
  6. ބަލިމީހުންގެ އެންމެހާ މައުލޫމާތާއި ހޮސްޕިޓަލުގެ އެކި މަޝްވަރާތަކުން ލިބޭ މައުލޫމާތުގެ ސިއްރުހިފެހެއްޓުމަށް ފުރިހަމައަށް ސަމާލުކަންދިނުން.
  7. ހޮސްޕިޓަލުން ގެ ސިޔާސަތުތަކަށާއި، އަހުލާގީ މިންގަނޑުތަކަށާއި ސަލާމަތީ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި އަމަލުކުރުން.
  8. ބަލިމީހާއަށް ދޭނެ ފަރުވާ ކަނޑައެޅުމުގައި އާއި، ދަސްކޮށްދޭންޖެހޭ ކަންކަމުގައި އާއި އަދި ހޮސްޕިޓަލުން ދޫކޮށްލުމުގެ މަރުހަލާގައި ބަލިމީހުންނާއި އާއިލާގެ ބައިވެރިވުން އިތުރުކުރުމަށް ބާރުއެޅުން.
  9. ކަންބޮޑުވުންތަކާއި ޚިޔާލުތައް ހުށަހެޅުމުގައި ހޮސްޕިޓަލުގައި ގާއިމުކުރެވިފައިވާ ރަސްމީ ޝަކުވާ ހުށަހަޅާ ނިޒާމުތަކުގެ ބޭނުންހިފުން.
  10. ހޮސްޕިޓަލުގެ މަންދޫބެއްގެ ޒިންމާ އަދާކުރުމުގައި، ޕްރޮފެޝަނަލް އަދި ޒިންމާދާރުކަމާއެކު މަސައްކަތްކުރުން.

ކޮމިޓީގެ މެންބަރުކަމަށް ޢައްޔަންކުރާ ފަރާތްތަކުގައި ކިބައިގައި  ތިރިގައިވާ ޝަރުތުތައް ފުރިހަމަވާންޖެހޭނެއެވެ.

1-       ދިވެހި ރައްޔިތަކު ކަމުގައިވުން

2-      އުމުރުން 18 އަހަރު ވެފައިވުން

3-       ސާނަވީ ތައުލީމު ނުވަތަ އެއަށްވުރެ މަތީ ފާހެއް ހާސިލްކޮށްފައިވުން

4-      ހޮސްޕިޓަލުގެ މުވައްޒަފެއް ކަމުގައި ނުވުން

5-       ޖިނާއީ ކުށެއް ކުރިކަން ވޭތުވެދިޔަ 5 (ފަހެއް) އަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ލިޔުމުން ސިޓީ ނުވަތ އި-މޭއިލް
  2. ފުރިހަމަކޮށްފައިވާ ކުށާއި ދަރަނީގެ ރިކޯޑު ފޯމު (15 ޖަނަވަރީ 2026 ގެ ފަހުން ދޫކޮށްފައިވާ ރިކޯޑުތަކަށްވުން)
  3.   ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ (މުއްދަތު ހަމަނުވާ)
  4.   ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީ.ވީ.)
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
  6. ވަޒީފާ އަދާކުރަމުންދާނަމަ ނުވަތަ އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާތައް އެނގޭނެ ގޮތަށް، އެ ވަޒީފާތައް އަދާކުރި މުއްދަތާއި، އެ ވަޒީފާތަކުގެ މައިގަނޑު މަސްއޫލިއްޔަތުތައް ބަޔާންކޮށްފައިވާ ލިޔުންތަކުގެ ކޮޕީ
  7. ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ނުވަތަ އެނޫންވެސް އެހެން ހުއްދައެއް ލިބިފައިވާނަމަ އެ ހުއްދައިގެ ކޮޕީ

އެދެންވީގޮތާއި ސުންގަޑި:

މެމްބަރުކަމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާނީ 29 މާރިޗް 2026 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލް އަށެވެ. މެމްބަރު ކަމަށް އެދޭ ލިޔުންތައް އީ-މެއިލް

[email protected] މެދުވެރިކޮށް ބަލައިގަނެވޭނެއެވެ.

މެމްބަރުން އައްޔަންކުރުމުގައި ކަމާ ގުޅުން ހުރި މައުލޫމާތާއި ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

08 މާރިޗު 2026