ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ހުސްވެފައިވާ މިދަންނަވާ ވަޒީފާތަކަށް ޝައުގުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުގުވެރިކަންހުރި، ގާބިލު މީހުންނެވެ.
|
1. މަގާމުގެ ނަން: |
ޑެޕިއުޓީ ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް |
|
ރޭންކް: |
އެމް.އެސް. 4 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
އަސާސީ މުސާރަ: |
7,875.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
3,543.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ |
|
މަގާމުގެ ޝަރުތު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕްރޮފެޝަނަލް ސެޓުފިކެޓު/ ޕްރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑުވާންސްޑް ޕްރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޕްރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. - މި މަގާމުގެ އިންޓަރވިއުއަށް މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިޤުތިޞާދީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން. - ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ) ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވައިލުމުގައި ކުރަންޖެހޭ ދިރާސާތައްކޮށް، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިސްލާހުކުރުމުގެ މަސައްކަތް ކުރުން. - އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރާވައި ހިންގުން. - ދައުލަތުގެ މުއައްސަސާތަކުން އިޤުތިޞާދީ އަދި މާލީ ދާއިރާއިން ހިންގާ ޕުރޮގުރާމުތަކާއި، މަޝްރޫޢުތަކާއި ހަރަކާތްތައް، މެނިފެސްޓޯގައިވާ މަގުސަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަގީންކުރުމުގެ މަސައްކަތް ކުރުން. - އިޤުތިޞާދީ އަދި މާލީ ދާއިރާއިން އެކަށައަޅާ އައު ސިޔާސަތުތަކާއި އަދި ތަންފީޒުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަގުސަދުތައް ހާސިލުވާނެގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން. - ދައުލަތުގެ ބަޖެޓާއި، ފިސްކަލް ސްޓެރެޓަޖީ އަދި މާލީ ކަންކަމާ ގުޅޭގޮތުން ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި އެކުލަވައިލަންޖެހޭ ޕްލޭންތަކާއި، ކޮންސެޕްޓުތައް ކަމާބެހޭ އިދާރާތައް މެދުވެރިކޮށް އެކުލަވައިލުމުގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ކުރުން. - މެނިފެސްޓޯގައި އެކުލެވިފައިހުރި އިޤުތިޞާދީ އަދި މާލީ ދާއިރާއާއި ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރެވެމުންދަނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތުގައިކަން ކަށަވަރުކުރުމަށްޓަކައި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ސަރވޭތައް ސުޕަވައިޒަރުގެ މަޝްވަރާގެ މަތިން އެކުލަވައިލައި ކުރިއަށް ގެންދިއުން. |
|
2. މަގާމުގެ ނަން: |
އެސިސްޓެންޓް ޑިރެކްޓަރ، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް |
|
ރޭންކް: |
އެމް.އެސް. 3 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް |
|
ބޭނުންވާ އަދަދު: |
2 (ދޭއް) |
|
އަސާސީ މުސާރަ: |
7,035.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
3,165.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ. |
|
މަގާމުގެ ޝަރުތު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުންދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގުރެޖުއޭޓް/ ޕޯސްޓްގުރެޖުއޭޓް ސެޓުފިކެޓު/ ގުރެޖުއޭޓް/ ޕޯސްޓް ގުރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 (މާސްޓަރސް ޑިގުރީ/ އެޑުވާންސްޑް ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޕުރޮފެޝަނަލް ޑިޕުލޮމާ) ގެ ސަނަދެއް ހާސިލުކޮށްފައިވުން. - މި މަގާމުގެ އިންޓަރވިއުއަށް މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިޤުތިޞާދީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅުތަކާއި، ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުކުރެއްވުންތަކާ ގުޅޭގޮތުންނާއި، އަދިވެސް މިނޫން ގޮތްގޮތުން އަތޮޅުތަކާ ބެހޭގޮތުން ތައްޔާރު ކުރަންޖެހޭ ގަވަރނަންސް ސެކްޓަރއާ ގުޅޭ މަޢުލޫމާތު ތައްޔާރުކުރުން. - ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަތޮޅު ކައުންސިލުތަކާއެކު ބާއްވަވާ ބައްދަލުވުންތަކުގެ ތަފްޞީލީ ޔައުމިއްޔާ ލިޔެ، އެ ބައްދަލުވުންތަކުން ނިންމާ ނިންމުންތަކާއި ކުރިއަށް ގެންދަން ހަމަޖެހޭ މަސައްކަތްތަކުގެ ތަފްޞީލު ހިމެނޭ ދަތުރު ރިޕޯޓު ތައްޔާރުކުރުން. - އިކޮނޮމިކް ދާއިރާއާ ގުޅުންހުރި ސިޔާސަތުތަކާއި އުސޫލުތައް އެކުލަވައިލުމުގެ މަސައްކަތްތައް ރޭވުމާއި ތަންފީޒުކުރުމުގައި، ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން، ޒިންމާދާރުކަމާއެކު ހަރުދަނާ ގޮތެއްގައި މަސައްކަތްކުރުން. - އަތޮޅުތަކުގެ ތަރައްޤީއާ ގުޅޭގޮތުން ހިންގޭ މަޝްރޫޢުތަކުގެ މަޢުލޫމާތު ސިސްޓަމެޓިކް ގޮތެއްގައި އެއްކޮށް، އޭގެ އެންމެ ފަހުގެ މަޢުލޫމާތު އަދި ތަފާސްހިސާބުއް ހޯދައި، އެއާ ގުޅިގެން ތައްޔާރުކުރެވޭ ތާވަލުތައް ތައްޔާރުކުރުން. |
|
3. މަގާމުގެ ނަން: |
ސީނިއަރ އެސޯސިއޭޓް، އިކޮނޮމިކް ޕޮލިސީ އެންޑް ރިސަރޗް |
|
ރޭންކް: |
އެމް.އެސް. 2 |
|
އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން: |
ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީސް |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
އަސާސީ މުސާރަ: |
6,295.00 ރުފިޔާ |
|
ސަރވިސް އެލަވަންސް: |
2,000.00 ރުފިޔާ |
|
އެކްސްކްލޫސިވް ޖޮބް އެލަވަންސް: |
2,832.75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
|
ލިވިންގ އެލަވަންސް: |
2,500.00 ރުފިޔާ |
|
ކޮލިފިކޭޝަން އެލަވަންސް: |
- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 4,000.00 ރުފިޔާ ނުވަތަ، - ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވާނަމަ، 5,000.00 ރުފިޔާ. |
|
މަގާމުގެ ޝަރުތު: |
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 (ސެޓުފިކެޓު 4) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕުލޮމާ) ނުވަތަ ލެވެލް 6 (ޕުރޮފެޝަނަލް ސެޓުފިކެޓު/ އެޑުވާންސްޑް ޑިޕުލޮމާ/ އެސޯސިއޭޓް ޑިގުރީ/ ފައުންޑޭޝަން ޑިގުރީ) ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ގާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 (ބެޗްލަރސް ޑިގުރީ/ ޕުރޮފެޝަނަލް ސެޓުފިކެޓު/ ޕުރޮފެޝަނަލް ޑިޕުލޮމާ) ނުވަތަ ލެވެލް 8 (ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ސެޓުފިކެޓު/ ގްރެޖުއޭޓް/ ޕޯސްޓް ގްރެޖުއޭޓް ޑިޕުލޮމާ/ ބެޗްލަރސް ޑިގުރީ ވިތް އޮނަރސް) ގެ ސަނަދެއް ހާސިލުކޮށްފައިވުން. - މި މަގާމުގެ އިންޓަރވިއުއަށް މާލިއްޔަތާގުޅޭ ދާއިރާއިން ނުވަތަ އިޤުތިޞާދީ ދާއިރާއިން ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
|
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ކ)ގެ ދަށުން ޕޮލިސީ އެންޑް މެނިފެސްޓޯ އޮފީހުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމަށް ތައްޔާރުކުރާ ކަރުދާސްތައް އެކުލަވައިލުމުގައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ފަންނީ ގޮތުން ފާހަގަކުރެވޭ ކަންކަން ކަމާބެހޭ ފަރާތްތައް މެދުވެރިކޮށް އިސްލާހުކުރުމުގެ މަސައްކަތްތައްކުރުން. - ސަރުކާރުން އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ދާއިރާތަކަށް އެކަށައަޅާ އައު ސިޔާސަތުތަކާއި ތަންފީޒުކުރަމުންދާ ސިޔާސަތުތައް ސަރުކާރުގެ މެނިފެސްޓޯގެ މަގުސަދުތައް ހާސިލުވާނޭގޮތަށް ހިންގުމަށް ބޭނުންވާ ދިރާސާތައް ކުރުން. - އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ދާއިރާތަކުން ހިންގާ ހަރަކާތްތަކާއި، މަޝްރޫޢުތައް، ސަރުކާރުގެ މެނިފެސްޓޯގައިވާ މަގުސަދުތައް ހާސިލުކުރެވޭނެގޮތަށް ބައްޓަންކޮށްފައިވޭތޯ ޔަގީންކުރުމުގެ މަސައްކަތްތައް ކުރުން. - އިޤުތިޞާދީ އަދި މާލީ ދާއިރާއާ ގުޅުންހުރި ސިޔާސަތުތައް ތަންފީޒުކުރުމަށް ދައުލަތުގެ ވުޒާރާތަކުން މި އޮފީހަށް މަޝްވަރާއަށް ފޮނުވާ ކޮންސެޕްޓް ކަރުދާސް، ޕްލޭން އަދި ފަންނީ ކަރުދާސްތައް މުރާޖާކޮށް، މެނިފެސްޓޯގެ މަގުސަދުތައް ހާސިލުކުރެވޭނޭގޮތަށް ބައްޓަންކޮށްފައިވޭތޯ ބެލުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
|
ހުށަހަޅަންޖެހޭ ތަކެތި: |
ހ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު". ށ. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. ނ. ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓުތަކުގެ ކޮޕީ ("އޯ" ލެވެލް، "އޭ" ލެވެލް، އެސް.އެސް.އީ.، އެޗް.އެސް.އެސް.ސީ.، އެފް.ސީ.އީ.، ސީ.އޭ.އީ.، ސީ.ޕީ.އީ.، ޑިގްރީ، މާސްޓަރސް، އެކިއެކި ޓްރޭނިންގ ކޯސްތަކުގެ ސެޓުފިކެޓުތައް). މީގެތެރެއިން "އޯ" ލެވެލް އާއި "އޭ" ލެވެލް ސެޓުފިކެޓު ފިޔަވައި ހުރިހާ ސެޓުފިކެޓުތައް (ރާއްޖެއިން ބޭރުގެ) އެކްރެޑިޓުކޮށްފައި ހުށަހެޅުއްވުން އެދެމެވެ. ރ. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ބ. ލިބިފައިވާ ސަނަދުތަކުގެ ކޮޕީ. ޅ. ސްކޫލް ލީވިންގ ސެޓުފިކެޓުގެ ކޮޕީ. ކ. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ، ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: - ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި، ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. - ރާއްޖޭގެ މަދަނީ ޖަމުޢިއްޔާއެއްގައި/ ކުންފުންޏެއްގައި ނުވަތަ ބައިނަލްއަގުވާމީ ޖަމުޢިއްޔާ/ ޖަމާޢަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާއާއި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަގާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް، އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަގާމަކީ މުސާރަދެވޭ މަގާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) |
|
އިތުރު މަޢުލޫމާތު: |
މި ވަޒީފާތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު ފުރިހަމަކުރުމަށްފަހު، އެ ފޯމާއެކު، މަތީގައި ބަޔާންކޮށްފައިވާ "ހުށަހަޅަންޖެހޭ ތަކެތި"، 2026 މާރިޗު 26 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، މި އޮފީހުގެ އީމޭލް [email protected] މެދުވެރިކޮށް ނުވަތަ މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމޭލުކުރާނަމަ، އެއް އީމޭލެއްގައި ހުރިހާ ޑޮކިއުމަންޓުތައް ޕީޑީއެފް ފޯމެޓުގައި ފޮނުވަންވާނެއެވެ. މި ވަޒީފާތަކަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުތު ހަމަވެ، ޝޯޓުލިސްޓު ކުރެވޭ މީހުންނާއެވެ. އަދި، ޝޯޓުލިސްޓު ކުރުމުގައި މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތަޖުރިބާ ލިބިފައިވާ މިންވަރަށް ބަލައި، އެ މީހުންނަށް އިސްކަން ދެވޭނެއެވެ. އަދި ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު، އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ސެކްޝަން ސާފުކޮށް އެނގޭގޮތަށްލިޔުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި އޮފީހުގެ ވެބްސައިޓުގެ އެޑްރެހަކީ https://presidency.gov.mv/ އެވެ. |