ވަޒީފާގެ ފުރުޞަތު
ނަންބަރު: I- 2015/246
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 22 ޑިސެންބަރު 2015 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޑިއުޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ޑިއުޓީ އޮފިސަރ

ވަޒީފާގެ ދާއިރާ:       

މެނޭޖިންގ ޑައިރެކްޓާރސް ބިއުރޯ

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/5،740 ރުފިޔާއާއި -/12،000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ގްރޭޑް 7 ގެ ފެންވަރަށް ތަޢުލީމް ހާސިލުކޮށްފައިވުމާއެކު، ދާއިރާއާ ގުޅޭ 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށްވުމާއި، މަޤާމުގައި ކުރަންޖެހޭ މަސައްކަތްތައް ކުރެވޭފަދަ ޢުމުރާއި ޞިއްޙަތުގެގޮތުން އެކަށީގެންވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

ޑިއުޓީ އުޞޫލުން ސެކިއުރިޓީ ބެލެހެއްޓުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 15.00 ގެ ކުރިން.

މަޤާމް:

ޓެކްނީޝަން

ވަޒީފާގެ ދާއިރާ:       

ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓް

މުސާރައާއި، އެލަވަންސާއި، އިތުރުގަޑީގެ ފައިސާ:  

-/6،300 ރުފިޔާއާއި -/13،000 ރުފިޔާއާ ދެމެދު.

ފެންވަރު ނުވަތަ ޝަރުޠު:   

ޖީ. ސީ. އީ. އޭ ލެވެލް  ނުވަތަ  އެ  ފެންވަރުގެ  އިމްތިޙާނަކުން  ދަށްވެގެން  "ޑީ" ފާސް ލިބިފައިވުން / ގުޅުންހުރި  ދާއިރާއަކުން  ސެޓްފިކެޓް  ލެވެލް  4  ނިންމާފައިވުމާއެކު، 1 (އެކެއް) އަހަރުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަނޑު މަސައްކަތް:

އިންޖިނިއަރިންގއާއި ކޮންސަލްޓެންސީ ސަރވިސަސް ދިނުމަށް ޑިޕާޓްމަންޓުން ހަވާލުވާ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ކުރުމާއި، ކުންފުނީގެ ފެން ޕްލާންޓުގެ ލެބޯރޓަރީގައި މަސައްކަތްކުރުން.

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚު:

2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 15.00 ގެ ކުރިން.

ނޯޓު:

މި ވަޒީފާތަކަކީ، ކޮންޓްރެކްޓް އުޞޫލުން 6 މަސްދުވަހުގެ މުއްދަތަށް ކަނޑައަޅާފައިވާ ވަޒީފާއެކެވެ. ކޮންޓްރެކްޓް މުއްދަތުގެ ތެރޭގައި ކުންފުނިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ވަޒީފާ އަދާކޮށްފައިވާނަމަ، 6 މަސްދުވަސް ހަމަވުމުން، ވަޒީފާ ދާއިމީކުރެވޭނެއެވެ.

ސުންގަޑި:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން މި ކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ވަޒީފާއަށް އެދޭފޯމް ނެގުމަށްފަހު، އެ ފޯމު ފުރިހަމަކޮށް، މި ކުންފުންނީގެ ހެޑްއޮފީހުގެ ރިސެޕްޝަނަށް، 2015 ޑިސެންބަރު 22 ވަނަ ދުވަހުގެ 15.00 ގެ ކުރިން ހުށަހެޅުން އެދެމެވެ. 

އިންޓަވިއު:

އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ތަޢުލީމީ ސެޓްފިކެޓްތައް.

- އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާކަމުގެ ލިޔުން.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

އިތުރު މަޢުލޫމާތު:

ވަޒީފާއަށްއެދޭ ފޯމު، މި ކުންފުނީގެ www.stelco.com.mv ގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެވޭނެއެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015