ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)255/255/2026/16
ޕަބްލިޝްކުރި ތާރީޚް: 08 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 13:03
ސުންގަޑި:
10 މާރިޗު 2026 13:15
ތިލަދުންމަތީ އުތުރުބުރީ އުތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތުގައި ބައިވެރި ވުމާއިގުޅޭ
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށި ކައުންސިލްގެ ފަރާތުން އަތޮޅުގެ ރަށްރަށަށް އަމާޒުކޮށްގެން 2026 އޭޕްރީލް 25 ގައި ފެށުމަށް ހަމަޖެހިފައިވާ "ހޯރަ ކަޕް 2026 ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ވަނީ މިކައުންސިލަށް ލިބިފައެވެ. އެގޮތުން މިމުބާރާތުގައި އުތީމު ތަމްސީލްކުރާ ޓީމް އެކުލަވާލައި، އެންމެހާ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ޝައުޤުވެރި ވެލައްވާ ކްލަބް / ޖަމްޢިއްޔާތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިކަމާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުން އޮންނާނީ 2026 މާރޗު 10 ވާ އަންގާރަ ދުވަހުގެ 13:15 ގައި މިކައުންސިލް އިދާރާގައެވެ. އަދި ޕްރޮޕޯސަލް ހުށަހެޅުއްވާނީ 2026 މާރޗް 16 ވާ ހޯމަ ދުވަހުގެ 13:15 އަށް އުތީމު ކައުންސިލް އިދާރާއަށެވެ.
ވީމާ، މިކަން އާންމުކޮން އެންގުމައްޓަކައި އިޢުލާން ކުރީމެވެ.
08 މާރިޗު 2026