ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/168
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 24 ޑިސެންބަރު 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ސީނިއަރ އިވެންޓްސް އެގްޒެކެޓިވް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

 ސީނިއަރ އިވެންޓްސް އެގްޒެކެޓިވް

މުސާރައާއި އެލަވަންސް:

މަހަކު -/11150

މަޤާމުގެ ރޭންކް:

TP 3

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

އީ-ކޮމާރސް އެންޑް މާކެޓިންގ

މަޤާމުގެ ޝަރުޠު:

ގުޅޭ ދާއިރާއަކުން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ މަޤާމާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެއް އޮތުމާއެކު. މަޤާމާ ގުޅޭ ދާއިރާއިން 4 (ހަތަރު) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާގެ 8 (އަށެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

މި ކުންފުނީގެ ޗެނަލްތަކާއި، އުފެއްދުންތައް ޕޮރޮމޯޓްކުރުމަށް ބޭނުންވާ އިވެންޓްތައް ކަނޑައަޅައި، އޯގަނައިޒްކޮށް މެނޭޖްކުރުމާއި، ވިޔަފާރީގެ އުސޫލުން އިވެންޓްތައް މެނޭޖްކޮށް، އެކަންކަން ބަލައި، ސުޕަވައިޒްކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު:

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީ.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލާ ސެޓްފިކެޓެއްނަމަ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.

ސުންގަޑި:

 

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 24 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިންޓަވިއު:

މަތީގައިވާ މަޤާމުގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015