ދިވެހިރާއްޖެ
މި އިޢުލާންވަނީ 08 މާރިޗު 2026 13:08 ގައި ބާތިލް ކުރެވިފައެވެ.
ޢިއުލާން
ތަފާތު ދާއިރާތަކުން ދިގު މުއްދަތަކަށް ރަށަށް ޝަރަފްވެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި، ތަފާތު ދާއިރާތަކުން އަގުހުރި ޚިދުމަތްތަކެއް ރަށަށް ކޮށްދީފައިވާ ފަރާތްތަކަށާއި، ޤައުމީ ފެންވަރުގައާއި ރަށު ފެންވަރުގައި ރަށަށް ރީތިނަމާއި، ޝަރަފް ހޯދާދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް އެވޯޑް ދިނުމުގެ ގޮތުން "ތުލުސްދޫ ކައުންސިލް ރަން އެވޯޑް" ގެ ނަމުގައި އެވޯޑެއް ދިނުމަށް ތުލުސްދޫ ކައުންސިލުންވަނީ ނިންމާފައެވެ. މިއެވޯޑަށް ނަން ހުށައެޅުމުގެ ފުރުޞަތު މިރަށުގެ ރައްޔިތުންނަށް ހުޅުވާލެވިފައިވާ ކަމުގައި ދަންނަވަމެވެ. އަދި މިއެވޯޑް ދިނުމުގެ އުޞޫލާއި، އެވޯޑަށްއެދި ނަން ހުށަހެޅުމުގެ ފޯމްސެޓް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކަމުގައިވެސް ދަންނަވަމެވެ.
ވީމާ، މިއެވޯޑަށް ކުރިމަތިލައްވަން ޝައުގުވެރިލައްވާ ފަރާތްތަކުން 2026 މާރޗް 17 ވަނަ ދުވަހުގެ 13:30 ގެ ކުރިން ފޯމް ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު މިއިދާރާގެ މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.