މަސައްކަތް
ނަންބަރު: 374-C/2015/67
ޕަބްލިޝްކުރި ތާރީޚް: 07 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:41
ސުންގަޑި: 15 ޑިސެންބަރު 2015 11:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމަށާއި ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް

ސަރުކާރުގެ ސްޕޯޓްސް އެރީނާ މެނިފެސްޓޯ ތަންފީޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން ހިންގާ ސްޕޯޓްސް އެރީނާ މަޝްރޫޢުގެ ދަށުން، ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމަށާއި، ފެންސް ޖެހުމުގެ މަސައްކަތް ކުރުމަށް ބޭނުންވެއްޖެއެވެ. އަލަށް ހަދާ ފުޓްސެލްދަނޑުގެ ވަށާފާރު ރާނާގޮތަށް ނިމިފައިވަނީ މިހާރުގެ ފުޓްބޯޅަދަނޑުގެ ދެކުނުން 30 ފޫޓު އިތުރުކުރުމާ އެކުގައެވެ. ވުމާއެކު، ވަށާފާރު ރާނައި ފެންސް ޖަހަންޖެހޭނީ މިހާރުގެ ދަނޑުގެ އިރުދެކުނުކަނުން މިހާރުގެ ފާރުން 67 ފޫޓާއެކު އަލަށް އިތުރުކުރެވޭ 30 ފޫޓު ހިމެނޭ ގޮތަށެވެ. އަދި މިކޯޓުގެ ވަށާފާރު ރާނަންޖެހޭނީ މިހާރު ރާނާފައިވާ އިންފާރު ތަޅައިގެން ކަމަށްވުމާއެކު، އަންދާސީހިސާބު ހުށަހަޅަންވާނީ އެޚަރަދާއެކުގައެވެ. ފުޓްސެލްދަނޑުގެ ވަށާފާރު ރާނަންޖެހޭނީ މިހާރުގެ ދަނޑުގެ އިރުދެކުނު ކަނުން 50 ފޫޓު އެތެރެއަށް ޖެއްސުމަށްފަހުގައެވެ. ފުޓްސެލްދަނޑުގެ މިނަކީ 97x77 ފޫޓެވެ.

ވީމާ، މިކަމަށް އެދި ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 ޑިސެންބަރު 2015ވާ އަންގާރަ ދުވަހުގެ 11:00އަށް މިކައުންސިލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 17 ޑިސެންބަރު 2015ވާ ބުރާސްފަތި ދުވަހުގެ 11:00އަށް މިއިދާރާއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ އަންދާސީހިސާބާއި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެކަމުގައި ދަންނަވަމެވެ. އެހެންމީހެއްގެ ހަވާލުގައި އަންދާސީހިސާބު ހުށަހަޅަން ބޭނުންފުޅުވާނަމަ 01 ގަޑިއިރުގެ ކުރިން އެކަން ބަޔާންކޮށް މިއިދާރާއަށް އެފަރާތެއްގެ ލިޔުމެއް ސޮޔާއެކު ހުށަހަޅަންވާނެއެވެ. އަންދާސީހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކުރާ އަންދާސީހިސާބު ހުށަހަޅާ ފޯމުގައި ބަންދުކޮށްފައިވާ ސިޓިއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ފ. ނިލަންދޫ ފުޓްސެލްދަނޑުގެ ވަށާފާރު ރޭނުމަށް އެދި"  މިހެން ލިޔެފައި އޮންނަންވާނެއެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015