މަސައްކަތް
ނަންބަރު: GS-205/IUL/2015/48
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 10:32
ސުންގަޑި: 17 ޑިސެންބަރު 2015 10:00
ރަތަފަންދޫ ސްކޫލް
ދިވެހިރާއްޖެ
1 ކްލާސްރޫމް އެޅުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް މަރުޙަލާއަށް ކިޔެވުން ފެށުމަށް ބޭނުންވާ 1 ކްލާސްރޫމް އެޅުމަށް ބޭނުންވެގެން ކުރި ނަންބަރު GS-205/IUL/2015/40ފ(19 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީ މިއިޢުލާން ބާޠިލުކޮށް އަލުން އިޢުލާނު ކުރަމެވެ. 

މި ސްކޫލުގައި 2016 ވަނަ އަހަރު ޕްރީސްކޫލް މަރުޙަލާއަށް ކިޔެވުން ފެށުމަށް ބޭނުންވާ 1 ކްލާސްރޫމް އެޅުމަށް ބޭނުންވެއެވެ. 

ވީމާ، މި ސްކޫލުން ދޭ މަޢުލޫމާތާ އެއްގޮތަށް، މި މަސައްކަތް ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމުގެ ސެޝަނުގައި ބައިވެރިނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތެއް ނޯންނާނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސެޝަނުގައި ބައިވެރިކުރުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ އެކަން ސިޓީއަކުން ސްކޫލަށް އަންގަންވާނެއެވެ. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތަކާއި ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބާޠިލު ކުރެވޭނެކަމުގައި ދަންނަވަމެވެ.

28 ޞަފަރު 1437

09 ޑިސެންބަރު 2015