ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-PLN/388/2026/27
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 08 މާރިޗު 2026 10:00
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަންދޫ އ.ތ.މ ކޮމެޓީގެ ފަރާތުން ކުރިއަށްގެންދާ އަންހެނުންގެ

ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ވަންދޫ އ.ތ.މ ކޮމެޓީއާއި ވަންދޫ ކައުންސިލް ގުޅިގެން 08 މާރިޗް 2026 ވާ އާދިއްތަ ދުވަހުގެ ރޭގަނޑު، އަންހެނުންގެ "ވަންޑޭ" ވޮލީ މުބާރާތެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 08 މާރިޗް 2026 ވަނަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ޓީމް ލިސްޓް ވަންދޫ ކައުންސިލްގެ މެއިލް [email protected] އަށް ފޮނުވުން އެދެމެވެ. މުއްދަތު ހަމަވާފަހުން ފޮނުވާ ޓީމްތައް ރަޖިސްޓްރީކޮށްދެވެން ނެތްވާހަކަ ދަންނަވަމެވެ. ޓީމް ލިސްޓް ހުށަހަޅާއިރު ޓީމްގެ ނަމާއި، ޓީމްގެ ކެޕްޓަން އަދި ގުޅޭނެ ނަންބަރު އެނގޭނެހެން ފޮނުވުން އެދެމެވެ. އަދި މި އިޢުލާނާއެކު މުބާރާތުގެ ޤަވާއިދު ޢާއްމުކުރެވިފައިވާނެއެވެ.

                 އިތުރު މަޢުލޫމާތު ހޯދުމަށް 6780762 ނުވަތަ 7212967 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

05 މާރިޗު 2026