ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)113-CCD/1/2026/16
ޕަބްލިޝްކުރި ތާރީޚް: 05 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 15 މާރިޗު 2026 00:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މާލޭ ވިޔަފާރި ބަނދަރަށް ބާލާފައިވާ މުދަލުގެ ތެރެއިން ކްލިއަރނުކޮށް ގިނަދުވަސްވީ މުދަލާއި ގުޅޭ

ލިސްޓުގައި އެވަނީ މާލޭ ވިޔަފާރި ބަނދަރަށް ބާލާފައި ހުރި މުދަލުގެ ތެރެއިން ކްލިއަރ ނުކޮށް ގިނަދުވަސްވީ މުދަލުގެ ތަފްޞީލެވެ.

ވީމާ، މިއަދުން ފެށިގެން 07 ދުވަހުގެ ތެރޭގައި މިމުދާތައް ބަނދަރުން ކްލިއަރ ކުރުމަށް މުދަލުގެ ވެރިފަރާތްތަކަށް ދަންނަވަމެވެ. ދެންނެވުނު މުދަލުގެ ތެރޭގައި ކަމާބެހޭ އެއްވެސް މުޢައްސަސާއަކުން ހިފަހައްޓާފައިވާ މުދަލެއް ވާނަމަވެސް އެތަކެއްޗާއިމެދު ވަކިގޮތެއް ނިންމުމަށްފަހު ބަނދަރުން ކްލިއަރ ކުރުމަށް ނުވަތަ ނައްތާލުމަށް ދަންނަވަމެވެ.

މިމުއްދަތުގެ ތެރޭގައި މުދާ ނުގެންދަވައިފިނަމަ، މިފަދަ މުދަލާއިމެދު ޢަމަލު ކުރުމަށް މިކުންފުނީގައި ހަމަޖެހިފައި އޮންނަ ޤަވާއިދުގެ ދަށުން ނީލަމުގައި ވިއްކާލެވޭނެއެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ނީލަމުގައި ވިއްކާނުލެވޭ މުދާ ނައްތާލުމަށްފަހު، އެމުދަލެއް ނައްތާލުމަށް ހިނގާ ޚަރަދު މުދަލުގެ ވެރިފަރާތަށް ބިލްކުރެވޭނެ ވާހަކަވެސް ދަންނަވަމެވެ.

05 މާރިޗު 2026