މަސައްކަތް
ނަންބަރު: GS66/IUL/2015/59
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 21 ޑިސެންބަރު 2015 13:30
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ސްޓާފްރޫމާއި ޕްރިންޓިންގރޫމް ޢިމާރާތް ކުރުމާގުޅޭ

މި ސްކޫލުން ދޭ ކުރެހުންތަކާއި، ޓެކްނިކަލް ސްޕެސިފިކޭޝަންސްއާއި، ކޮންޓްރެކްޓް އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ސްޓާފްރޫމަކާއި، ޕްރިންޓިންގރޫމެއް އިމާރާތްކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

ތާރީޚާއި ގަޑި: 21 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 13:30

ތަން: ތޮއްޑޫ ސްކޫލް 

ތާރީޚާއި ގަޑި: 27 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 13:30

ތަން: ތޮއްޑޫ ސްކޫލް

އަދި ދަންނަވަމެވެ. ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ސްޓާފްރޫމާއި، ޕްރިންޓިންގރޫމް އިމާރާތްކުރުމާބެހޭ" މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ ބީލަންތަކާއި، މަޢުލޫމާތު ފުރިހަމަނުވާ ބީލަންތަކާއި އަދި ބީލަން ހުށަހެޅުމަށް ކަނޑައެޅިފައިވާ ގަޑީގެ ފަހުން ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6660819 ނަންބަރު ފޯނާއެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015