ވަޒީފާގެ ފުރުޞަތު
ނަންބަރު: HDFC/IU/2015/20
ޕަބްލިޝްކުރި ތާރީޚް: 08 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:36
ސުންގަޑި: 15 ޑިސެންބަރު 2015 14:30
ހައުސިންގ ޑިވެލޮޕްމަންޓް ފިނޭންސް ކޯޕަރޭޝަން ޕލކ
ދިވެހިރާއްޖެ
އިސްލާމިކް ހޯމް ފައިނޭންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ ތިރީގައިވާ މަޤާމަށް މުވައްޒަފެއް ބޭނުންވެއްޖެއެވެ.

މަޤާމް: އިސްލާމިކް ހޯމް ފައިނޭންސް އޮފިސަރ

މަޤާމުގެ ޝަރުޠު:

  • އިސްލާމިކް ފައިނޭންސްގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީއެއް ހާސިލުކޮށްފައިވުން (ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)
  • ޑެޑްލައިންތަކަށް ވާސިލުވުމުގެ ޤާބިލްކަން ހުރުން.
  • ހަރުދަނާކަމާއެކު ރަނގަޅަށް ކަންކަން މެނޭޖްކުރަން އެނގުމާއި، އެކިފަރާތްތަކާއެކު ރަނގަޅަށް މުޢާމަލާތުކުރުމުގެ ހުނަރު ހުރުން.
  • ފައިނޭންސާއި ރަހުނު (މޯގޭޖް ސްޓްރަކްޗަރ) ގެ މުޢާމަލާތްތައް ރަނގަޅަށް ދަންނަ ފަރާތެއްކަމުގައިވުން.
  • މައިކްރޯސޮފްޓް އޮފީސް ޕްކޭޖްތައް ބޭނުންކޮށްގެން ރިޕޯޓުތައް ތައްޔާރުކުރުމުގެ ޤާބިލްކަން ހުރުން.
  • ދިވެހިބަހާއި އިނގެރޭސިބަސް ފަރިތަކަމާއެކު ޓައިޕްކުރަން އެނގުން.
  • މަޤާމާ ގުޅޭ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެ.

މުސާރައާއި ޢިނާޔަތްތައް:

ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބިނާކޮށް، ލިވިންގ އެލަވަންސާއި، މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް ކޮއްތު ފައިސާގެގޮތުގައި ދުވާލަކަށް -/50 ރުފިޔާ ދެވޭނެއެވެ. އަދި  ކުންފުނީގެ ޕޮލިސީއާ އެއްގޮތްވާގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ފޯރުކޮށްދެވޭނެއެވެ.

ހުށަހަޅަންޖެހޭ ސުންގަޑިއާއި، އޮފީސް:

ޝަރުޠު ހަމަވާ އަދި މި ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން، ވަޒީފާއަށް ކުރިމަތިލުމަށް އެދޭ ފޯމާއެކު (ފޯމު، ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ) ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރު، 2015 ޑިސެންބަރު 15 ވަނަ ދުވަހުގެ 2:30 ގެ ކުރިން، ތިރީގައި މިވާ އެޑްރެހަށް ފޮނުވުން އެދެމެވެ.

ހިއުމަން ރިސޯސް ޑިޕާޓްމަންޓް، ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕލކ.

4 ވަނަ ފަންގިފިލާ، ހ. މިއަލަނި، ސޯސަންމަގު، މާލެ، ދިވެހިރާއްޖެ

ޓެލެފޯން: 3338810؛ ފެކްސް: 3315138

އީ.މެއިލް: [email protected]

26 ޞަފަރު 1437

08 ޑިސެންބަރު 2015