މަސައްކަތް
ނަންބަރު: GS53/IUL/2015/34
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:31
ސުންގަޑި: 15 ޑިސެންބަރު 2015 10:30
ޖަލާލުއްދީން ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ޖަލާލުއްދީން ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ސަރުކާރުގެ ސްކޫލްތަކުގެ ސެކިއުރިޓީ ބެލެހެއްޓުން އައުޓްސޯސް ކުރުމުގެ އުސޫލަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ބަދަލު ގެނައުމާ ގުޅިގެން، މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު: GS53/IUL/2015/32 އިޢުލާނާ ގުޅިގެން ހުށަހަޅުއްވާފައިވާ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އެ ފުރުޞަތު ހުޅުވާލުމަށްޓަކައި އިޢުލާން ކުރަމެވެ.

ވީމާ، 1 (އެކެއް) އަހަރުދުވަހުގެ މުއްދަތަށް (2016 ޖަނަވަރީ 01 ން 2016 ޑިސެންބަރު 31 ގެ ނިޔަލަށް) މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2015 ޑިސެންބަރު 15 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މި ސްކޫލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015