ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމު: މަސައްކަތު |
މަޤާމުގެ ރޭންކް: އެސް. އެސް. 1 |
ވަޒީފާގެ ގިންތި: ދާއިމީ |
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސަރވިސް ގްރޭޑް 1 |
ބޭނުންވާ އަދަދު: 1 (އެކެއް) |
މަޤާމު ނަންބަރު: J-227700 |
މުސާރަ: 3100.00 ރުފިޔާ |
ސަރވިސް އެލަވަންސް: 1000.00 ފިޔާ |
ވަޒީފާ އޮތް އޮފީސް: ރ. މަޑުއްވަރީ ސްކޫލް |
އަތޮޅާއި ރަށް: ރ. މަޑުއްވަރި |
ސެކްޝަން: އިދާރީ ސެކްޝަން |
|
އެހެނިހެން ޢިނާޔަތް:
އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
މަޤާމުގެ ޝަރުޠު:
ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
މަޤާމުގެ މަސްއޫލިއްޔަތު:
- ސްކޫލުގެ އޮފީހާއި އެހެނިހެން ރޫމުތައް ކުނިކަހައި ސާފުކޮށް، ދޮރުތައް ފޮޅައި ސާފުކޮށް މޮޕްލުން.
- ސްކޫލުގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.
- ސްކޫލުގައި ހުރި ފަރުނީޗަރާއި، ކޮމްޕިއުޓަރާއި، ޕްރިންޓަރުފަދަ ތަކެތި ހިރަފުސް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- ދަރިވަރުން ސްކޫލުގައި ތިބޭ ވަގުތަކުގައި، ދަރިވަރުންނަށް ދިމާވާ އެކިއެކި ކަންކަމުގައި އެހީތެރިވުން.
- ސްކޫލުން ބާއްވާ އެކިއެކި ހަރަކާތްތަކަށް ސްކޫލުގެ ގޯތިތެރެ ތައްޔާރުކުރުމާއި، ޖަލްސާތަކާއި މުބާރާތްތަކަށް ތަން ޒީނަތްތެރިކުރުމަށް ކުރާ މަސައްކަތްތައް ކުރުން.
- ކުނިކަހައި ފޮޅައި ސާފުކުރާ ސަރަޙައްދުގެ ކުނި ނައްތައިލުން.
- އިދާރާއިން އެކިއެކި ފަރާތްތަކަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، ލިޔެކިޔުންތައް ހަވާލުކުރުން.
- ސްކޫލުގެ އާބާތުރަފިލުވުމަށްޓަކައި ކުރެވޭ މަސައްކަތުގައި އެހީތެރިވެދިނުން.
- ސްކޫލުގެ މަޤްޞަދު ހާސިލުކުރުމަށާއި، މުވައްޒަފުންގެ އެކުވެރިކަމާއި އެއްބާރުލުން އުފެއްދުމަށް ހިންގާ ޕްރޮގްރާމްތަކުގައި ބައިވެރިވެ، އެއްބާރުލުން ދިނުން.
- ސްކޫލުގެ ގޯތީގައިވާ ބޮޑެތި ގަސްތައް ކޮށުމާއި، ބަގީޗާގެ ގަސްތައް ކޮށުމާއި، އުފެދޭ ކުނި ނައްތައިލުން.
- ސްކޫލުގެ ފުރާޅުތަކާއި، ދިޔަދޮވިތަކާއި، ފެންތާނގީތައް ސާފުކުރުން.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
- ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
- މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތަކަށް ބަލައިގެން.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ. އަދި މި ސްކޫލުގެ އޮފީހުން ވެސް ފޯމު ލިބެން ހުންނާނެއެވެ.)
ށ. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ. ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
ޅ. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު/ ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި ސުންގަޑި:
- މި ވަޒީފާއަށްއެދި ހުށައަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މަޑުއްވަރީ ސްކޫލް / ރ މަޑުއްވަރިއަށެވެ.
- ފޯމާއި ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 22 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 2:00 އެވެ.
އިންޓަވިއު ކުރުން:
- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 ޑިސެންބަރު 23 އާއި 26 އާ ދެމެދުގެ ތާރީޚެއްގައި، މަޑުއްވަރީ ސްކޫލް / ރ މަޑުއްވަރީގައެވެ.
- މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ޝޯޓްލިސްޓް ކުރެވޭނެއެވެ.
- އިންޓަވިއު ކުރެވޭނީ، ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.
އިތުރުމަޢުލޫތު
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ރަސްމީގަޑީގައި ގުޅާނީ، 6580146 ނަންބަރު ފޯނަށެވެ. އީ މެއިލްކުރާނަމަ، މެއިލްކުރާނީ، [email protected] އަށެވެ.
ނޯޓް:
އިންޓަވިއުއަށް ހާޒިރުވާއިރު، ލިބިފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތްކުރާ ނުވަތަ މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ އަސްލު ގެންނަންޖެހޭނެއެވެ.
27 ޞަފަރު 1437