ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)142-A5/1/2015/149
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:14
ސުންގަޑި: 30 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއި (ވަގުތީ އިމާމް)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މާލޭ ސިޓީގެ މިސްކިތްތަކުގައި ވަގުތީގޮތުން އިމާމުވެ ނަމާދުކުރުމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.


މަޤާމު

ވޭޖް އެމްޕްލޮއި (ވަގުތީ އިމާމް)

ބޭނުންވާ އަދަދު

 

ހަމަޖައްސާ ސެކްޝަން: މިސްކިތްތަކާބެހޭ ޔުނިޓް.

 މާލޭސިޓީ މިސްކިތްތަކަށް

މަޤާމުގެ ރޭންކް

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން: އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

މުސާރަ

މަސައްކަތްކުރާ ކޮންމެ ދުވަހަކު، ފަސް ވަގުތަށް 148/83 ރުފިޔާ

ސަރވިސް އެލަވަންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކު، ފަސް ވަގުތަށް 50 ރުފިޔާ

އެހެނިހެން ޢިނާޔަތް: މިސްކިތު މުވައްޒަފުންނެކޭ އެއް އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މަޤާމުގެ ޝަރުޠު

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކޮންމެ ނަމާދު ވަގުތެއް ޖެހުމުގެ ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރުމަށްފަހު، ނަމާދު ވަގުތު ޖެހުމުން ބަންގިގޮވުމާއި އިމާމުވެ ނަމާދު ކުރުން.
  2. މިސްކިތް ސާފުކުރާ މުވައްޒަފުން ނުވަތަ ކޮންޓްރެކްޓްގެދަށުން މިސްކިތް ފޮޅައި ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތްތައް ހިނގާގޮތް ދުވަހުން ދުވަހަށް ސުޕަވައިޒްކޮށް ބެލެހެއްޓުން.
  3. މިސްކިތަށް ދަތިވާ ކޮންމެކަމެއް އޮފީހަށް އަންގައި ރަނގަޅުކުރެވޭތޯ ބެލުމާއި، މިސްކިތުގައި މަރާމާތުކުރަންޖެހޭ ތަނެއް ހުރިތޯ ބަލައި، މިނިސްޓްރީގެ ކަމާބެހޭ މުވައްޒަފަށް އަންގައި ޙައްލުކުރުވުން.
  4. މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ، އެކަން ޙައްލުކުރުމުގެ މަސައްކަތްކުރުވުން.
  5. މިސްކިތުގައި ދީނީ ނަސޭހަތް ދިނުމުގެ ބައްދަލުވުމެއް ބާއްވާނަމަ، އެކަން އިންތިޒާކޮށްދިނުމާއި، ބައްދަލުވުން ނިމެންދެން މިސްކިތުގައި މަޑުކުރުން.
  6. މިސްކިތްތަކުގައި ކުރުން އެކަށީގެންނުވާފަދަ ކަންކަން ކުރޭތޯ ބަލައި، އެކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްކުރުން.

 

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް

  1. ވަޒީފާ އަށް އެދޭ ފަރާތުގެ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ސުން ގަޑި:

ފޯމް ހުށަހަޅާނީ، 2015 ޑިސެންބަރު 30 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް.

މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން:

 މާލޭ ސިޓީގެ މިސްކިތްތަކުގެ ތެރެއިން މި މިނިސްޓްރީން ހަމަޖައްސާ މިސްކިތެއް.

މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ގަޑި:

ފަރުޟު ފަސްނަމާދުގެ ވަގުތު ޖެހުމުގެ ކުރިން، މި މިނިސްޓްރީން ހަމަޖައްސާފައިވާ މިސްކިތަކަށް ހާޒިރުވެ، ފަރުޟު ފަސްނަމާދު ކުރުން.

އިތުރު މަޢުލޫމާތު:
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 3020270 ނަންބަރު ފޯނަށެވެ. 
  • ފެކްސް ނަންބަރަކީ، 3315161 އެވެ.
  • ވެބްސައިޓް އެޑްރެހަކީ، www.islamicaffairs.gov.mv އެވެ. 
  • އީމެއިލް ކުރާނީ، [email protected] އަށެވެ.

27 ޞަފަރު 1437

09 ޑިސެންބަރު 2015