ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 438/438/2015/322
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:13
ސުންގަޑި: 24 ޑިސެންބަރު 2015 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އުތުރު  ސަރަހައްދުގެ  ކުނި  މެނޭޖްކުރާ  މަރުކަޒަށް  ބޭނުންވާ  މުވައްޒަފުން  ހޯދަން  ކުރެވުނު  IUL) 438/438/2015/293)  ނަންބަރުގެ އިޢުލާނާއި،  IUL) 438/438/2015/294) ނަންބަރުގެ  އިޢުލާނާއި،  IUL) 438/438/2015/301)  ނަންބަރުގެ  އިޢުލާނުގައިވާ  މަޤާމުތަކުގެ  އޮނިގަނޑަށް  ބަދަލުގެންނަށް  ބޭނުންވާތީ،  އެ  އިއުލާނުތަކަށް  ލިބިފައިވާ  އެޕްލިކޭޝަންތައް  ބާޠިލްކޮށް،  ތިރީގައިވާ  މަޤާމުތަކަށް  ކުރިމަތިލުމުގެ  ފުރުޞަތު  އަލުން  ހުޅުވައިލަމެވެ.

މަޤާމު:

ހެވީ ވެހިކަލް އޮޕަރޭޓަރ

ބޭނުންވާ އަދަދު:

2 (ދޭއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/11،000 ރުފިޔާއާއި -/9،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

ފޯކްލިފްޓް، ވީލްލޯޑަރސް، ޓެލެހެންޑްލާރސް، ސްކިޑް ސްޓިއަރ ލޯރޑަރސްއާއި، ސައިޓްގައިވާ އެހެނިހެން ހެވީ އިކްވިޕްމަންޓް އޮޕަރޭޓްކުރުމާއި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) ފޯކްލިފްޓް، ވީލް ލޯޑަރސް، ޓެލެހެންޑަލާރސް، ސްކިޑް ސްޓިއަރ ލޯރޑަރސްފަދަ ހެވީ އިކްޕްމަންޓް ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން؛

(ށ) މިފަދަ ތަކެތި ދުއްވުމުގެ/ އޮޕަރޭޓްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

އިލެކްޓްރިޝަން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު  (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/10،000 ރުފިޔާއާއި -/8،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ކަރަންޓް ވަޔަރުކުރުމާއި، ކަރަންޓާ ގުޅޭ މަސައްކަތް ކުރުން؛
  • ސައިޓްގައި ހުންނަ މެޝިނެރީސްއާއި އިކްޕްމަންޓްތަކުގެ މެއިންޓަނަންސް މަސައްކަތްކުރުމާއި ބެލެހެއްޓުން؛
  • ސައިޓްގައި ހުންނަ މެޝިނެރީސްއާއި އިކްޕްމަންޓްތަކަށް ބޭނުންވާ ސްޕެއަރ ޕާރޓްސް ހޯދައި ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މެކޭނިކަލް/ އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުންހުރި ދާއިރާއަކުން ސަނަދު ހާސިލުކޮށްފައިވުން؛

(ށ) އިލެކްޓްރިޝަނެއްގެގޮތުގައި ނުވަތަ މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް)  އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން؛

(ނ) އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ރ) އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތްކުރަން އެނގުން.

(ބ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކުކަމުގައިވުން.

މަޤާމު:

ކުނި އުފުލާ އުޅަނދުގެ ކެޕްޓަން

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/13،000 ރުފިޔާއާއި -/10،000 ރުފިޔާއާ ދެމެދު (މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ކުނިއުފުލާ އުޅަނދު ދުއްވުން/ އޮޕަރޭޓްކުރުން؛
  • އިންޖީނާއި އުޅަނދުގެ އެހެނިހެން އިކްޕްމަންޓާއި އުޅަނދުގެ އެންމެހައި މެއިންޓަނަންސް މަސައްކަތްކުރުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) 60 ފޫޓާއި 100 ފޫޓާ ދެމެދުގެ ކަނޑުއުޅަނދު ދުއްވުން/ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން؛

(ށ) މި ސައިޒުގެ އުޅަނދުތައް ދުއްވައި ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުމާއި، އުޅަ ދުގެ މެކޭނިކަލް ކަންތައްތަކާ ބެހޭގޮތުން މަޢުލޫމާތާއި ތަޖުރިބާ ހުރުން؛

(ނ) ރާއްޖޭގެ، ޙާއްޞަކޮށް އުތުރު ސަރަޙައްދުގެ ކަނޑުގެ ސަރަހައްދުތަކަށް ފަރިތަ މީހަކަށްވުން؛

(ރ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން.

މަޤާމު:

ކުނިއުފުލާ އުޅަނދުގެ ފަޅުވެރިން

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/9،000 ރުފިޔާއާއި -/7،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • އުޅަނދު އޮޕަރޭޓްކުރުމަށް ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  • އުޅަނދު ސާފްކޮށް ބެލެހެއްޓުން.
  • އުޅަނދަށް ކުނި އަރުވައި، ކުނި ބޭލުމުގެ މަސައްކަތް ކުރުން؛

ފެންވަރު ނުވަތަ ޝަރުޠު:

(ހ) މިފަދަ ނުވަތަ މި ސައިޒުތަކުގެ ކަނޑު އުޅަނދުފަހަރުގައި ފަޅުވެރިއެއްގެގޮތުގައި މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން؛

(ށ) ފަތަން އެނގޭ މީހަކަށްވުން؛

(ނ) މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން؛

މަޤާމު:

ސަޕޯޓް ސްޓާފް

ބޭނުންވާ އަދަދު:

4 (ހަތަރެއް)

ވަޒީފާ އަދާކުރަންޖެހޭ ތަން:

އުތުރު ސަރަހައްދުގެ ކުނި މެނޭޖްކުރާ މަރުކަޒު (ރ. ވަންދޫ)

މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ ޢިނާޔަތްތައް:

-/6،000 ރުފިޔާއާއި -/4،000 ރުފިޔާއާ ދެމެދު (ހާސިލުކޮށްފައިވާ ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

މަޤާމުގެ މައިގަނޑު މަސައްކަތް:

  • ވަންދޫއަށް ގެނެވޭ ކުނި ޗެކްކޮށް ވަކިކުރުން
  • މަސައްކަތްކުރާ ސަރަހައްދުތައް ސާފުކޮށް ބެލެހެއްޓުން؛

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި، އުމުރުން 20 އަހަރާއި 45 އަހަރާ ދެމެދުގެ މީހަކުކަމުގައިވުން.

އިތުރު ޢިނާޔަތްތައް:

ކަނޑައެޅިފައިވާ އުސޫލުގެމަތިން ކެއުމާއި ހުރުން ރ. ވަންދޫން ހަމަޖައްސައިދެވޭނެއެވެ. އަދި ރ. އިންނަމާދޫއާއި ރ. ރަސްމާދޫގައި ދިރިއުޅޭ ފަރާތްތަކަށް، ކޮންމެ ދުވަހަކު ދަތުރުފަތުރު ހަމަޖައްސައިދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. މަޤާމަށް އެދި ހުށަހަޅާ ސިޓީ.
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާ / ލިބިފައިވާ ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބެލޭނެ ކަންތައްތައް:

  1. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޖުރިބާ.
  2. އިންޓަވިއު.
  3. މަސައްކަތަށް ޝައުޤުވެރިކަންހުރި މިންވަރު.

އިތުރު މަޢުލޫމާތު:

  • މި މަޤާމުތަކަށް ހޮވޭ ފަރާތްތަކަށް ބޭނުންވާ ތަމްރީނުތައް ދެވޭނެއެވެ. އަދި،
  • ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނުގެ ދާއިމީ މުވައްޒަފުންގެގޮތުގައި ހަމަޖެއްސޭނެއެވެ.
  • އިންޓަވިއުކުރެވޭނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.  
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3018415 ނަންބަރު ފޯނަށް ނުވަތަ 3018419 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

ސުންގަޑިއާއި، ލިޔުން ހުށަހަޅަންޖެހޭ އިދާރާ:

2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އެންވަޔަރުމަންޓް އެންޑް އެނަރޖީ (ގްރީން ބިލްޑިންގ) އަށް ނުވަތަ މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް.

28 ޞަފަރު 1437

10 ޑިސެންބަރު 2015