ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)7-HRCE/1/2015/60
ޕަބްލިޝްކުރި ތާރީޚް: 09 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 09:09
ސުންގަޑި: 21 ޑިސެންބަރު 2015 14:00
އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ސީނިއަރ އެގްޒެކެޓިވް އެސިސްޓެންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސީނިއަރ އެގްޒެކެޓިވް އެސިސްޓެންޓް (ގްރޭޑް 1)

މަޤާމު

1 (އެކެއް)

ބޭނުންވާ އަދަދު

އޮޑިޓަރ ޖެނެރަލްގެ އޮފީސް

މަސައްކަތް ކުރަންޖެހޭ ތަން

އޮޑިޓަރ ޖެނެރަލްގެ ބިއުރޯ

ޔުނިޓް

-/9،000 ރުފިޔާ (ނުވަހާސް ރުފިޔާ)

މުސާރަ

1. ސަރވިސް އެލަވަންސް: ދުވާލަކަށް -/230 ރުފިޔާ (ދުއިސައްތަ ތިރީސް ރުފިޔާ)

2. ޕްރޮފެޝަނަލް އެލަވަންސް: ޑިގްރީ (އެމް. އެން. ކިއު. އެފް  ލެވެލް 8) ހާސިލުކޮށްފައިވާނަމަ، -/1،500 ރުފިޔާ (އެއްހާސް ފަސްސަތޭކަ ރުފިޔާ)

                   ޑިގްރީ (އެމް. އެން. ކިއު. އެފް. ލެވެލް 7) ހާސިލުކޮށްފައިވާނަމަ، -/1،000 ރުފިޔާ

                    (އެއްހާސް ރުފިޔާ)

                   އެޑްވާންސް ޑިޕްލޮމާ (އެމް. އެން. ކިއު. އެފް. ލެވެލް 6) ހާސިލުކޮށްފައިވާނަމަ،

                   -/750 ރުފިޔާ (ހަތްސަތޭކަ ފަންސާސް ރުފިޔާ)

                   ޑިޕްލޮމާ (އެމް. އެން. ކިއު. އެފް. ލެވެލް 5) ހާސިލުކޮށްފައިވާނަމަ، -/500 ރުފިޔާ

                    (ފަސްސަތޭކަ ރުފިޔާ)

3. ލިވިންގ އެލަވަންސް: -/2،500 ރުފިޔާ (ދެހާސް ފަސްސަތޭކަ ރުފިޔާ)

ޢިނާޔަތް

1. ފުރަތަމަ  ޑިގްރީ  (އެމް. އެން. ކިއު. އެފް. ލެވެލް 7 ނުވަތަ 8)  ހާސިލުކޮށްފައިވުމާއެކު،  މަސައްކަތާ  ގުޅޭ  ދާއިރާއަކުން 1 (އެކެއް) އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. އެޑްވާންސް  ޑިޕްލޮމާ  (އެމް. އެން. ކިއު. އެފް. ލެވެލް 6)  ހާސިލުކޮށްފައިވުމާއެކު،  މަސައްކަތާ  ގުޅޭ  ދާއިރާއަކުންް 5 (ފަހެއް) އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

3. އަދި މީގެ އިތުރުން، އިންޓަވިއުގައި މި މަސައްކަތަށް ޤާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އަސާސީ ޝަރުޠު

1. މި އޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެން އެއްވެސް ވަޒީފާއެއް އަދާނުކުރުމާއި، މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަޞްލަޙަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.

2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ހަރަކާތްތެރިނުވުމާއި، އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއްކަމުގައި ނުވުން.

3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއްކުރާ މީހަކުކަމުގައި ނުވުން.

4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއްކަމުގައި ނުވުން.

5. މި އޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއްހުރި މީހަކުކަމުގައި ނުވުން.

އެހެނިހެން ޝަރުޠު

އޮޑިޓަރ ޖެނެރަލް ބިއުރޯގެ އެންމެހައި ކަންތައްތައް ރާވައި އިންތިޒާމްކުރުން.

މައިގަނޑު މަސްއޫލިއްޔަތުތައް

1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އޮފީހުގެ www.audit.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ވެސް ކުރެވޭނެއެވެ.)

2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައި)

3. ވަކި ފަރާތަކަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން.

4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މި ލިޔުން ހުށަހަޅަންޖެހޭނީ، އަސާސީ ޝަރުޠު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)

5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.

6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ހުށަހަޅަންޖެހޭ ލިޔުންތައް

2015 ޑިސެންބަރު 21 ވާ ހޯމަ ދުވަހު މެންދުރުފަހު 14:00 ގެ ކުރިން، އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގުގެ 1 ވަނަ ފަންގިފިލާ)

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

1. މި މަޤާމުގެ އިންޓަވިއު ޕްރޮސެސްއަށް ޝޯޓް ލިސްޓުކުރެވޭނީ މަޤާމަށް ޝަރުޠު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި، މަސައްކަތުގެ ތަޖުރިބާއަށް ބަލައި، އެންމެގިނަ ޕޮއިންޓް ލިބުނު ފަރާތްތަކުގެ ތެރެއިން މި އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓުކުރެވުނުކަން އަންގާނީ ޝޯޓް ލިސްޓުކުރެވުނު ފަރާތްތަކަށް އެކަންޏެވެ. އިންޓަވިއުއަށް ޝޯޓް ލިސްޓްކޮށް ނިމުމުން، އެކަން މި އޮފީހުގެ ވެބްސައިޓުގައި ޝާއިޢުކުރެވޭނެއެވެ.

2. އިންޓަރވިއު ޕްރޮސެސް ކުރިއަށްދާނެގޮތަކީ، (1) ވަނަ ނަންބަރުގައި ވާގޮތަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް ލިޔުމުން ޓެސްޓެއް ނުވަތަ ޕްރެޒެންޓޭޝަނެއް ދިނުމެވެ. އަދި ޓެސްޓުން ނުވަތަ ޕްރެޒެންޓޭޝަނުން އެންމެ މަތީ މާކްސް ލިބޭ ފަރާތްތަކުގެ ތެރެއިން އޮފީހުން ކަނޑައަޅާ އަދަދެއްގެ ފަރާތްތަކަށް ޑައިރެކްޓް އިންޓަވިއުއެއް ދިނުމެވެ.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3348200 ނަންބަރު ފޯނަށެެވެ. ފެކްސް ނަންބަރަކީ، 3316430 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  

އިތުރު މަޢުލޫމާތު

27 ޞަފަރު 1437

09 ޑިސެންބަރު 2015