ދެންނެވުން
ނަންބަރު: (IUL)491/491/2026/32
ޕަބްލިޝްކުރި ތާރީޚް: 04 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 12:46
ސުންގަޑި: 09 މާރިޗު 2026 14:00
މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހދ. ހަނިމާދޫއިން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން.

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހދ. ހަނިމާދޫއިން ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައިހުރި ރުއްގަހުގެ ވެރިފަރާތް ހޯދުން.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހިންގާ މަޝްރޫޢުއެއްގެ ދަށުން، ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުކުރުމަށްޓަކައި ޢިމާރާތްކުރަންޖެހޭ ހައުސިންގ ޔުނިޓް އެޅުމަށް ހަމަޖެހިފައިވާ ސަރަހައްދުގައި ހުރި އަމިއްލަ މީސްމީހުންގެ ރުއްގަހުގެ ވެރިފަރާތްތައް ހޯދަން ބޭނުންވެއެވެ.

ވީމާ، މިއިޢުލާނާއިއެކު އެއްކަރުދާސްކޮށްފައިވާ ޗާޓުގައި ރަތްކުލައިން ފާހަގަކޮށްފައިވާ ސަރަޙައްދުގައި ހިމެނޭ ރުއްގަހުގެ ވެރިފާރާތުން، އެފަރާތެއްގެ ރުއްގަހުގެ ތަފުސީލު 2026 މާރިޗު 9 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން، އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ. ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ލިޔެކިއުންތައް ބަލައިނުގަނެވޭނެ ކަމުގައި ދަންނަވަމެވެ. އަދި މިމުއްދަތުގެ ތެރޭގައި ހުށަހަޅާފައި ނުވާނަމަ އަމިއްލަ ރުއްގަސް ނެތްކަމުގައި ބެލެވޭނެއެވެ.

އަލްފާޟިލާ އަސްރާރު

އިންފްރާސްޓްރަކްޗަރ ޑިޕާޓްމަންޓް،

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ދަރުބާރުގެ، އަމީނީމަގު، މާލެ، 20344، ދިވެހިރާއްޖެ،

ފޯން: 4004900 960+

އީމެއިލް: [email protected]

ކޮޕީ:  [email protected]

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

15 ރަމަޟާން 1447

04 މާރިޗު 2026