މަސައްކަތް
ނަންބަރު: (IUL)120/1/2015/62
ޕަބްލިޝްކުރި ތާރީޚް: 10 ޑިސެންބަރު 2015
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 16 ޑިސެންބަރު 2015 10:30
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ލޯންޗު ދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް

މިޑިޕާޓްމަންޓުން 2016 ވަނައަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޖަނަވަރީމަހުގެ އޭލެވެލް އިމްތިޙާނުގެ ސުވާލުކަރުދާސް ގެންދިއުމާއި ގެނައުމަށް ކުރާ ލޯންޗުދަތުރުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް 2015 ނޮވެންބަރު 24 ވަނަ ދުވަހު ކުރި ނަންބަރު IUL)120/1/2015/61) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބު ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 20 ވާ އާދީއްތަ ދުވަހުގެ 10:30 އަށް މިޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކޮށްދިނުމާއި އަންދާސީހިސާބު ބަލައިގަތުން އޮންނާނީ މިޑިޕާޓްމަންޓް ހިނގަމުންދާ ފިލާބިލްޑިންގ2 ގެ 3 ވަނަ ފަންގިފިލާގައެވެ.

24 ޞަފަރު 1437

10 ޑިސެންބަރު 2015