ދިވެހިރާއްޖެ
މި ސްކޫލުން ކެންޓީނު ހިންގާނެ ފަރާތެއް ހޯދުމަށް ކޮށްފައިވާ ނަންބަރު IUL)GS45/2015/023)ފ(23 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅާފައިވަނީ 02 ފަރާތަކުން ކަމަށްވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
މި ސްކޫލުގެ ގޯތިތެރޭގައި ކެންޓީނުގެ ޚިދުމަތް ދެވޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ޑިސެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ޑިސެންބަރު 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ސާފުތާހިރުކޮށް ތާޒާކަމާއެކު ކުދިންނަށާއި އަދި ޓީޗަރުންނަށް ޚިދުމަތް ދެވޭނެ ފަރާތްތަކާއި އަދި ވީހާވެސް ހެޔޮއަގެއްގައި ކެންޓީނުގެ ޚިދުމަތް ދެވޭނެ، މިދާއިރާގައި މިހާރުވެސް މަސައްކަތްކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.
28 ޞަފަރު 1437