ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު
މި ސްކޫލުގައި ޕްލޭގްރައުންޑެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް 03 ޑިސެންބަރު 2015 ގައި ކުރެވުނު އިޢުލާން ނަންބަރު GS-090-HH/2015/42 އަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުން އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.
މި ސްކޫލުން ދައްކާ ނަމޫނާއަކާ އެއްގޮތަށް އަމިއްލަ ޚަރަދުގައި ޕްލޭގްރައުންޑެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގަޑިތަކުގައި ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ މި ސްކޫލުގެ އާ ސްޓާފްރޫމްގައެވެ.
މަޢުލޫމާތު ދިނުމުގެ ބައްދަލުވުން |
ބިޑް ހުށަހެޅުމުގެ ބައްދަލުވުން |
2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި |
2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި |
މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދަންނަވަމެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6520555 އާ ގުޅުއްވުން އެދެމެވެ.