ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)133-AS/133/2026/10
ޕަބްލިޝްކުރި ތާރީޚް: 03 މާރިޗު 2026
ޕަބްލިޝްކުރި ގަޑި: 11:36
ސުންގަޑި: 23 މާރިޗު 2026 12:00
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން
ދިވެހިރާއްޖެ
ޑިރެކްޓަރ، ވައިޓަލް ރެޖިސްޓްރޭޝަން އެންޑް ވެރިފިކޭޝަން (ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1)

ޑިރެކްޓަރ، ވައިޓަލް ރެޖިސްޓްރޭޝަން އެންޑް ވެރިފިކޭޝަން

 

މަޤާމު:

ޑިރެކްޓަރ، ވައިޓަލް ރެޖިސްޓްރޭޝަން އެންޑް ވެރިފިކޭޝަން 

މަޤާމުގެ ނަންބަރު:

J-441687

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 9 – ސްޓެޕް 1

ސެކްޝަން:

ކަސްޓަމަރ ސަރވިސް ސެކްޝަން

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން

މުސާރަ:

16,080.00 ރުފިޔާ  

މަޤާމުގެ އެލަވަންސް

7505.00 ރުފިޔާ

ހާޒިރީ ޢިނާޔަތް:

205.00 ރުފިޔާ (ކަނޑައަޅާފައިވާ އުޞޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މި މަޤާމަކީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ހިންގުމުގެ އިސް މަޤާމުތަކުގެ ތެރޭގައި ހިމެނޭ މަޤާމަކަށްވާތީ، މި މަޤާމަށް އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަހުގެ ފައިސާ ނުލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. އައި.ޑީ ކާޑު އެޕްރޫވް ކުރުން
  2. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމާބެހޭ އެންމެހާ އުސޫލު ތަކާއި ޤަވާޢިދުތައް އެކުލަވައިލައި މި މަސައްކަތް ހިންގުމުގައި އިސްމީހެއްގެ ގޮތުން ޙަރަކާތް ތެރިވުން
  3. ކާޑު ހެދުމާގުޅޭ ގޮތުން ހެދިފައިވާ ޤަވާޢިދުތަކާއެއްގޮތަށް އަމަލުކުރަމުންދޭތޯ ބަލައި އެކަންކަން ތަންފީޒް ކުރުން
  4. ކާޑު ހެދުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ އެމައްސަލަތައް ޙައްލުކުރާނެ ރަނގަޅު ނިޒާމެއް ރާވައި ހިންގުން 
  5. އެޕްރޫވް ކުރެވިފައިވާ ކާޑަކާއި ގުޅިގެން މައްސަލައެއް ދިމާވެއްޖެނަމަ ސެކްޝަނުގެ އިސްވެރިޔާގެ ގޮތުން ޑިޕާޓްމަންޓުގެ ވެރިންނާ ވާހަކަ ދައްކައިގެން އެކަން ހައްލުކުރުން 
  6. އެމަރޖެންސީ ހާލަތް ތަކުގައި އަންނަ ކާޑުތަކަށް ހިދުމަތްދެވޭނެ އިންތިޒާމު ގާއިމްކުރުން
  7. ކަސްޓަމަރ ސަރވިސް ސެކްޝަނުގެ އިސްވެރިއެއްގެ ގޮތުގައި މަސައްކަތް ކުރުން
  8. ސެކްޝަންގެ މުވައްޒަފުންނާ މަސައްކަތް ޙަވާލުކޮށް ޙަވާލުކުރެވޭ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް މުވައްޒަފުން އަދާކުރަމުން ގެންދާގޮތް މޮނިޓަރކޮށް ބަލައި ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން
  9. އެކިއެކި އިދާރާތަކުން އައި.ޑީ ކާޑާއި ގުޅިގެން އަންނަ މައްސަލަތައް ކަމާއި ގުޅުންހުރި ސެކްޝަންތަކުން ބަލައި އެ މައުލޫމާތު ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން  
  10. ކަސްޓަމަރުންނަށް ޚިދުމަތް ދެމުންދާއިރު ދިމާވާ މައްސަލަތައް ހައްލު ކުރުން
  11. ސެކްޝަނުގެ މުވައްޒަފުންގެ ޕީ.އޭ ތައް ފުރިހަމަކުރުން
  12. ޙަވާލުވެފައިވާ މަސައްކަތާގުޅިގެން އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން 
  13. ޑިޕާޓްމަންޓުގެ އަދި ޔުނިޓުގެ މަސައްކަތުގެ ތެރެއިން ޚާއްޞަ ހާލަތުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 10 ގެ ސަނަދެއް ހާސިލްކޮށްފައިވުން، އަދި މަގާމުގެ މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހު މަސައްކަތްކޮށްފައިވުން.

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

ނުވަތަ

  1.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުތަކުގެ ތެރެއިން މަދުވެގެން 2 އަހަރުދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

ތަޢުލީމީ ރޮނގުތައް:

 

  • އެޑްމިނިސްޓްރޭޝަން 
  • އާކައިވަލް ޕްރެކްޓިސް 
  • އާކައިވަލް ސްޓަޑީޒް 
  • އާކައިވް ސައިންސް 
  • އާކައިވްސް އެންޑް ރެކޯޑް މެނޭޖްމަންޓް 
  • އާކައިވްސް އެންޑް ރެކޯޑްސް އެޑްމިނިސްޓްރޭޝަން 
  • ބިގް ޑޭޓާ އެންޑް އޭއައި ސޮލިޔުޝަންސް 
  • ބިގް ޑޭޓާ-އޭއައި އެންޑް މެނޭޖްމަންޓް 
  • ބިޒްނަސް 
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން 
  • ބިޒްނަސް މެނޭޖްމަންޓް 
  • ކޮމާރސް 
  • ކޮމްޕިއުޓޭޝަނަލް އެންޑް ޑޭޓާ ސައިންސް 
  • ކޮމްޕިއުޓަރ ސައިންސް (ޑާޓާ ސައިންސް) 
  • ކޮމްޕިއުޓަރ ސައިންސް (އެޕްލައިޑް ޑޭޓާ ސައިންސް) 
  • ކޮމްޕިއުޓަރ ސައިންސް (އާޓިފިޝަލް އިންޓަލިޖަންސް އެންޑް ބިގް ޑޭޓާ) 
  • ކޮމްޕިއުޓަރ ސައިންސް (ބިގް ޑޭޓާ އެންޑް ޑޭޓާ ސައިންސް) 
  • ކޮމްޕިއުޓަރ ސައިންސް (ބިގް ޑޭޓާ) 
  • ޑޭޓާ ސައިންސް އެންޑް އާޓިފިޝަލް އިންޓެލިޖެންސް 
  • ޑޭޓާ ސައިންސް އެންޑް ބިގް ޑޭޓާ ޓެކްނޯލޮޖީ 
  • ޑޭޓާ ސައިންސް-އޭއައި އެންޑް ޑިޖިޓަލް ބިޒްނަސް 
  • ޑިޖިޓަލް ރެކޯޑް ކީޕިންގ 
  • ޑިޖިޓަލް ޓްރާންސްފޮރމޭޝަން އިން އެޑިއުކޭޝަން 
  • ޑޮކިއުމެންޓޭޝަން އެންޑް އާކައިވަލް ސައިންސް 
  • ގަވަރނަންސް 
  • ހިސްޓްރީ އެންޑް އާކައިވްސް 
  • އިންފޮމޭޝަން އެންޑް ޑޮއިކުމެންޓޭޝަން 
  • އިންފޮމޭޝަން މެނޭޖްމަންޓް 
  • އިންފޮމޭޝަން މެނޭޖްމަންޓް އެންޑް ޕްރިޒަރވޭޝަން 
  • އިންފޮމޭޝަން ސައިންސަސް 
  • އިންފޮމޭޝަން ޓެކްނޯލޮޖީ (ބިގް ޑޭޓާ އެންޑް ޑޭޓާ ސައިންސް) 
  • މެނޭޖްމަންޓް 
  • މޮޑަން ކޮމްޕިއުޓަރ ސައިންސް (ޑޭޓާ ސައިންސް އެންޑް އޭއައި) 
  • ޕޮލިސީ މެނޭޖްމަންޓް 
  • ޕޮލިސީ ސްޓަޑީޒް 
  • ޕޮލިޓިކަލް ސައިންސް 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން 
  • ޕަބްލިކް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓް 
  • ޕަބްލިކް އެފެއާޒް 
  • ޕަބްލިކް މެނޭޖްމަންޓް 
  • ޕަބްލިކް ޕޮލިސީ 
  • ރެކޯޑްސް އެންޑް އާކައިވްސް މެނޭޖްމަންޓް 
  • ރެކޯޑްސް މެނޭޖްމަންޓް އެންޑް ޑިޖިޓަލް ޕްރިޒަރވޭޝަން 
  • ރެކޯޑްސް މެނޭޖްމަންޓް އެންޑް އިންފޮމޭޝަން ރައިޓްސް 
  • ރިސަރޗް 
  • ރިސަރޗް މެތަޑްސް 
  • ރިސަރޗް ސްޓަޑީސް 
  • ސޮފްޓްވެއަރ އިންޖިނިއަރިންގ 
  • ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް 
  • ސްޓެރެޓީޖިކް މެނޭޖްމަންޓް 
  • ސްޓެރެޓީޖިކް ސްޓަޑީޒް

 

މަޤާމާއި ގުޅޭ ވަޒީފާގެ ދާއިރާތައް:

  • އޮފީސް އެޑްމިނިސްޓްރޭޝަނާގުޅޭ ނުވަތަ ލިޔެކިޔުންތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރާ ތަންތަނުގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައި އެވާ ލިންކް އިން  ލިބެންހުންނާނެއެވެ.)

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 މާރިޗް 2026 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން ހ. ވެލާނާގެ 4 ވަނަ ފަންގިފިލާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ މި އިޢުލާނާ ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައި ފޮނުވުމަށް ދެންނެވީމެވެ. ވަޒީފާ އަށް އެދޭ ފޯމް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ ވެބްސައިޓް www.dnr.gov.mv ން ލިބެން ހުންނާނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން 23 މާރިޗް 2026 އާއި 30 އޭޕްރީލް 2026 އާ ދެމެދުގެ ތާރީޚެއްގައި ބޭއްވޭނެއެވެ. އިންޓަވިއު، އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނާނެ ތަނުގެ މަޢުލޫމާތު ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ދުރާލާ މި ޑިޕާޓްމަންޓުން އަންގާނެއެވެ. 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ދިވެހި ސަރުކާރުގެ ގެޒެޓް ނުވަތަ މި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3033268/3033272/3033274/7260072 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

03 މާރިޗު 2026